ads
އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަފުޅު ދައްކަވަނީ
އިންތިހާބާބެހޭ ގާނޫނު ތަކަށް ބަދަލު ގެންނަން ޖެހޭ: އެމްއެންޕީ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން އެނގިގެން ދިޔަ ކަމަކީ އިންތިހާބާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަން، ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ބުނެފިއެވެ.
Advertisement

މިއަދުގެ އިންތިހާބަ ފަހު ނެރުނު ނޫސް ބަޔާނެއްގައި، މި އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް މަރުހަބާ ކިޔަމުން, އެޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އިންތިހާބާ ބެހޭ ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް އެޕާޓީން ކުރާނެ ކަމަށެވެ. 

އެޕާޓީން ވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގެ އެންމެހާ ރައްޔިތުންނަށް، މި ބައި-އިލެކްޝަނުގައި ބައިވެރިވި ވަޑައިގެންނެވި އެޕާޓީގެ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސް އާއި، ޕާޓީގެ ލީޑަޝިޕްގެ ފަރާތުން ޝުކުރު އަދާކޮށްފަ އެވެ. 

"މި އިންތިޚާބުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކާ އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަމެވެ. އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިޕާޓީން ކުރަމުންގެންދާނަމެވެ." އެޕާޓީގެ ނޫސް ބަޔާނުގައި ވއެވެ.

ދިވެހިއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ އެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ 15އަހަރު ވެފައިވާއިރުވެސް ރައްޔިތުން އެދޭ ތަރައްގީ އާއި ފުދުންތެރިކަން ނައަންނަކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށާއި، އެހެންކަމުން ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް އުފެއްދި މޯލްޑްވިސް ނެޝެނަލް ޕާޓީ އަކީ ދިވެހިންނަށް ލިބުނު އުންމީދީ ދަންމަރެއް ކަމަށް އެޕާޓީން ބުނެ އެވެ. 

އަދި އެ ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިޚާބެއްގައި ބިރެއް ނެތި ބައިވެރިވެ ހިތްވަރާއެކު މަސައްކަތްކުރުމަކީ އެ ޕާޓީގެ ކުރިމަގު ނުހަނު އުޖާލާކަން އަންގައިދޭ ކަމެއް ކަމަށް ވެސް އެޕާޓީން ބުނެއެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް