ads
ޕީޕީއެމް އިން އިންތިހާބަށްފަހު ބޭއްވި ޕްރެސްގެ ތެރެއިން
އިންތިހާބުގެ ނަތީޖާ ގަބޫލެއް ނުކުރަން: ޕީޕީއެމް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
Advertisement

މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޕްރެސްގައި  އެޕާޓީގެ ނައިބްރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިލެކްޝަނާ ބެހޭގޮތުން މިހާރު ވެސް އިލެކްޝަންސް ކޮމިޝަނަށް މައްސަލަތައް ހުށަހަޅާފައިވާނެ ކަމަށާއި، އިންތިހާއަށް އިންޑިއާ ސަރުކާރާއި، ދިވެހި ދައުލަތުން ކޮރަޕްޝަނުގެ ކަންކަން ހިންގާފައިވާ ކަމަށެވެ. 

ޕީޕީއެމްއިން ބުނީ ކުޑަކުޑަ އިންޖީނު ގެއަކަށް 50 ވަޒީފާ ދީފައިވާ ކަމަށާއި ، އައިޑީ ކާޑު ހިފެއްހެއްޓުމުގެ އަމަލުތައް ވެސް ހިންގާފައިވާ ކަމަށެވެ. މީގެ އިތުރުން ޝައިހް އިމްރާނަށް ރިސޯޓެއް ދޭން ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޕީޕީއެމްއިން ތުހުމަތު ކޮށްފައިވެއެވެ. 

ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އެޕާޓީން ބުނީ އިންޑިއާ އައުޓް ހަރަކާތް ކުރިއަށްވުރެ ބާރަށް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، އިންތިހާބުން ޕީޕީއެމް ބަލިވި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތަށް ގިނަ ބަޔަކު ތާއީދު ކުރާކަން ހާމަކޮށްދޭނެ ކަމަށްވެސް އެޕާޓީން ބުންޏެވެ. 

މިއަދު ބޭއްވުނު ކޮމަންޑޫ ދާއިރާގެ އިލެކްޝަނުގެ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުއެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިފައިވަނީ ރާޝިދަށް ވުރެ ގާތްގަނޑަކަށް 240 ވޯޓު މަދުންނެވެ.

25%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
58%
ވަރަށް ސަލާމް
ކޮމެންޓްސް