ads
ޝަކީރީ
ޝަކީރީ އެމެރިކާ ލީގަށް
ސްވިޓްޒަލަންޑްގެ މަޝްހޫރު ތަރި ޒެރްދާން ޝަކީރީ އެމެރިކާ ލީގަށް ބަދަލުވާން ނިންމައިފިއެވެ.

ކުރިން ލިވަޕޫލަށްވެސް ކުޅެފައިވާ ޝަކީރިގެ އާ ކްލަބަކަށް ވެގެންދާނީ މޭޖާރ ލީގު ސޮކަރ ނުވަތަ އެމެރިކާ ލީގުގެ ޝިކާގޯ ފަޔަރއެވެ. ފްރާންސްގެ ލިޔޯނުން އެމެރިކާގެ ޝިކާގޯ ފަޔަރއަށް ޝަކީރީ ބަދަލުވަނީ ހަތެއް ޕޮއިންޓް ފަހެއް މިލިއަން ޔޫރޯގެ އަގަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝަކީރީގެ މެޑިކަލް ކަންތައް ނިމުމާއި އެކު އޭނާ ޝިކާގޯ ފަޔަރއަށް ސޮއިކުރުމުގެ ހުރިހާ އިންތިޒާމެއް މިހާރުވަނީ ހަމަ ޖެހިފައެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ޝަކީރީގެ ޓްރާންސްފަރގެ ހުރިހާ ކަމެއް ހަމަ ޖެހޭނެއެވެ. އެހެންކަމަށް ވެއްޖެނަމަ، މި މަހުގެ ސައްބީސްވަނަ ދުވަހު އެ ކްލަބުން ކުޅޭ މެޗުގައި ޝަކީރީ ކުޅުމުގެ ފުރުސަތު އޮންނާނެއެވެ. ފެބްރުއަރީ ސައްބީސްވަނަ ދުވަހު ޝިކާގޯ ފަޔަރ ކުޅޭނީ ޑޭވިޑް ބެކަމްގެ ރައީސްކަން ކުރާ އެމެރިކާގެ ޓީމު ކަމަށްވާ އިންޓަރ މިއާމީއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް