ads
ރަޔާން
5 ދުވަސް ފަހުން ރަޔާން ވަޅުން ނެގުނުއިރު އޮތީ މަރުވެފައި
މޮރޮކޯގެ އުތުރުގެ ސަރަހައްދެއްގެ 100 ފޫޓު ފުން ވަޅެއްގެ ތެރެއަށް ވެއްޓުނު ފަސް އަހަރުގެ ކުޑަކުޑަ ރައްޔާން ފަސް ދުވަސް ފަހުން، ވަޅުން ނެގި އިރު މަރުވެއްޖެ އެވެ.
Advertisement

ވަޅާ ކައިރީގައި ކުޅެން އުޅެނިކޮށް ރަޔާން އެ ވަޅަށް ވެއްޓުނީ މިދިޔަ އަންގާރަ ދުވަހުއެވެ. ވެއްޓުނު ހަނި ވަޅުގެ ފުން މިނުގައި ހުރީ 32 މީޓަރު (104 ފޫޓް) އެވެ. ވަޅުގެ ފުޅާ މިނުގައި ހުންނަނީ 25 ސެންޓިމީޓަރު (9.8 އިންޗި) އެވެ.

އެ ހާދިސާ ހިނގި ވަގުތު ވަޅުގެ މަރާމާތުގައި އުޅުނު ރަޔާންގެ ބައްޕަ ބުނީ، ރަޔާން ވަޅަށް ވެއްޓުނީ އޭނާގެ ނަޒަރު އެހެން ދިމާލަކަށް އަބުރާލި ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ކަމަށާއި، އޭގެ ފަހުން ލޮލަށް ނިދިފިޔެއްވެސް ނާންނަ ކަަމަށެވެ.

your imageރަޔާން

ރެސްކިއު ޓީމުތަކުން ކުއްޖާ ސަލާމަތްކުރުމަށް މަަަސައްކަތް ކުރަމުން ދިޔަ ވަގުތު ވަޅުގެ ތެރޭ އެ ކުއްޖާ ހުރި ހިސާބަށް އޮކްސިޖަން މާސްކާއި ކާނާ އާއި ފެން ދިޔައީ ފޯރުކޮށްދެމުންނެވެ.

ނަމަވެސް އެއިން އެއްވެސް އެއްޗެއް ކުއްޖާ ކައިފަ ވާކަން ސާފައެއް ނުވެއެވެ. ބުރާސްފަތި ދުވަހު އާއްމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އޭރު ވަޅުތެރޭ ކުއްޖާ އޮތީ ސަލާމަތުންނެވެ. ނަމަވެސް އޭގެ ފަހުގެ ހާލަތެއް ފަހުން ސާފެއް ނުވެއެވެ.

އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރަޔާން ވަޅުން ނަގާފައިވާއިރު، އޭގެ ފަހުން އެ ގައުމުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ރަޔާން ވަޅުން ނެގުން ނަމަވެސް ފުރާނަ ސަލާމަތް ކުރެވިފައި ނުވާ ކަމަށެވެ.

your imageރަޔާން އޮތް ވަޅު ދައްކާދޭ ފޮޓޯއެއް

މޮރޮކޯގެ ތަމްރުތު ޓައުނުގައި ހުރި ހަނި އެ ވަޅުގެ ތެރެއިން ރަޔާން ސަލާމަތް ކުރުމަށް ރެސްކިއު ޓީމު ތަކުން ވަނީ ވަޅާ ކައިރި ބުލްޑޯޒަރުތަކުން އެހެން ވަޅެއް ކޮނެފަ އެވެ. ކުއްޖާ ވަޅުގައި ހުރި ހިސާބާ އެއްވަރަށް ވަޅުކޮނުމަށް ފަހު، ހޮރިޒޯންޓަލްކޮށް ޓަނަލެއް ކޮނެ އެ ކުއްޖާ ވަޅުން ނެގިއެވެ. ރެސްކިއު ޓީމުން ކުއްޖާ ވަޅުން ނަގަން ޓަނަލަށް ވަނީ މެޑިކަލް ޓީމަކާ ވެސް އެކު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް