ads
އިބްރާހީމް އިސްމާއީލް (އިބްރާ) ފޮޓޯ ސަން
ކޮމަންޑޫ ދާއިރާގެ ނަތީޖާ ފެންނަނީ މާ އުފާވެރި ކޮށެއް ނޫން: އިބްރާ
ކޮމަންޑޫ ދާއިރާގެ ނަތީޖާ އެމްޑީޕީ އަށް ފެންނަނީ މާއުފާވެރި ކޮށްނޫން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބަރާހީމް އިސްމާއީލް(އިބްރާ) ވިދާޅު ވެއްޖެއެވެ.

ފޭސްބުކް ޕޯސްޓެއްގައި އިބްރާ ވިދާޅުވެފައިވަނީ އެދާއިރާގެ 51 އިންސައްތަ އަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނީ ނޫނެކޭ ބުނެފައި ކަމަށާއި، މިއިންތިހާބުވެސް މިދިޔައީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އެއް އާމިސްރާބަކަށް ކަމަށް އޭނާ ވިދާޅު ވެފައި ވެއެވެ.

އަދި މިވީ ގޮތެއް ބެލުމަކީ އެމްޑީޕީގެ ލީޑަޝިޕުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެހެން ނޫނީ 2023 (ރިޔާސީ އިންތިހާބު) ފަސޭހަ ނުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. 

ނިމިދިޔަ އިންތިހާބުން ފެންނަނީ ޕާޓީގެ ލީޑާޝިޕަށް ބަދަލުތަކެއް އަންނަން ވެއްޖެ ކަމަށް ކަމަށްވެސް އިބްރާ ވިދާޅުވިއެވެ. 

އިބްރާގެ ވާހަކަތައް މިގޮތަށް ފާޅު ކުރައްވާފައި ހުރިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ފާޅު ކުރައްވާފައިވަނީ މާޔޫސް ކަމެވެ. 

"ދައުރު" ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރޭގެ ނަތީޖާ ލިބުނުތާ މާ ގިނައިރުތަކެއް ނުވެ އެމްޑީޕީގެ އެތެރޭގެ ވަޓްސްއެޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ހާމަކުރެއްވީ ނަތީޖާއާ މެދު މާޔޫސްވެފައި ހުންނެވި ކަމެވެ.

ޝުކުރިއްޔާ އިން ފައްޓަވަމުން ނަޝީދު އެ ގުރޫޕަށް ފޮނުއްވި އެ މެސެޖުގައި އެ މަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، އެމްޑީޕީއަށް ވޯޓުގެ 50 އިންސައްތަ ވެސް ނުހޯދުނެވެ. އެހެންވެ، އެމްޑީޕީގެ ސަރުކާރުގެ މަގުބޫލުކަމާ މެދު އެ މަނިކުފާނަށް ސުވާލު އުފެދުނީ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި، މުހައްމަދު ރާޝިދު އަށް މަރުހަބާ ވިދާޅުވެފައިވަނީ ވެސް މިއަދު ހެނދުނު ކުރެއްވި ކުރު ޓުވީޓަކުންނެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް