ads
ފޮޓޯ: އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ތެރެއިން---މިހާރު
ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަމާ
އިއްޔެ ބޭއްވި ބައި އިލެކްޝަންގެ ދާއިމީީ ނަތީޖާ އިއުލާންކުރުން މާދަމާ ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިޢުލާންކުރުން މާދަމާ ބާއްވަން ނިންމާފައިވަނީ މެންދުރު 11:30 ގައި އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ޓްރެއިނިން ހޯލުގައެވެ. 

މި ދާއިމީ ނަތީޖާ އިއުލާންކުރުން ވަގުތުން ދުރަށް ދައްކާނެއެވެ. އިއްޔެ އޮތީ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާއި، ތ. ވިލުފުށި އަދި ގެމަނަފުށީގެ ޑަބްލިއުޑީސީ ބައި އިލެކްޝަން އިންތިހާބެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ހަމަވިއިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދު އެވެ. 

ރާޝިދުއަށް 1116 ވޯޓު ލިބިފައި ވެއެވެ. އަދި ޕީޕީއެމްގެ މޫސާ ފަތުހީ އަށް 923 ވޯޓު ލިބުނު އިރު އެމްއެންޕީގެ އަބްދުލް ހަންނާނު އިދްރީސް އަށް ލިބިފައިވަނީ 231 ވޯޓެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް