ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-
އަމާޒަކީ ކަމެއް ކުރިމަތިވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން: ޖެންޑާ މިނިސްޓަރު
މިހާރުގެ އަމާޒަކީ ކަމެއް ކުރިމަތި ވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވ.ފެލިދޫގައި 'އިބަމަ' އިފްތިތާޙް ކުރުމާއި އިނިޝިއޭޓިވް ޓްރެއިނިން ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްްޓްރީއާއި ހަމައަށް ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބެނީ އެކަމެއް ހިނގާ ފަހުން ކަމަށާއި އެހާ ހިސާބުން ދެން ޖެހެނީ ރައްކާތެރިކަން ފޯރުކޮށްދޭން ކަމަށެވެ. ނަމަވެސް އެކަމަނާ ބޭނުންވަނީ އެކަން ބަދަލުކުރަން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ މިކަން ބަދަލުކުރަން. ކަމެއް ދިމާވުމުގެ ކުރިން އެކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަން އެގޮތައް ކުރެވޭނީ ރައްޔިތުންނާއި ގާތުން، އެންމެހާ މުއައްސަސާތައް ގުޅިގެން އެ މަސައްކަތް ކަތްކޮށްގެންކަމަށާއި އެހެންކަމުން، އިބަމަގެ ބައިވެރިން ވެގެންދާނީ މިފަދަ އިޖްތިމާޢީ ހާލަތުތައް މެޕް ކުރަން ތަމްރީންކުރެވޭ ފަރާތްތަކަކަށް ކަމަށެވެ. 

"ތިބޭފުޅުން ވެގެން ދާނީ މުޖުތަމައުގައި ހުރި މިފަދަ ކަންކަން ދެނެގަންނަން ލޯހުޅުވޭ އަދި އެކަމަށް އެދެވިގެންވާ ހައްލު ހޯދަން ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ މެދުގައި އެކުލަވާލެވޭ، ރަށުފެންވަރުގެ ޓީމަކަށް. ތަރުބަވީ މުޖުތަމައެއް ބިނާކުރުމަށް، މި ސަރުކާރުން ކުރަމުންގެންދާ މިމަސައްކަތް ކާމިޔާބު ކުރެވޭނީ ތިބޭފުޅުންގެ މަސައްކަތުން." މިނިސްޓަރު ބައިވެރިންނާ މުހާތަބަ ކޮށް ވިދާޅުވިއެވެ.

 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ހިދުމަތެއް ފޯރުކޮށެއް ނުދެވޭނެކަމަށެވެ.
"އިބަމަ" ނުވަތަ "އިޖްތިމާއީ ބަދަހި މަދަދުވެރިން" އަކީ އެރަށެއްގެ ރައްޔިތުން ކަމަށްވާއިރު، އެރަށެއްގެ އިޖުތިމާއީ މައްސަލަތައް ދެނެގަތުމާއި، އެކަންކަމަށް ބޭނުންވާ ހައްލު އެންމެ ރަނގަޅަށް އެނގޭނީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމަށް ވާތީ ކަމަށާއި އެފަރާތްތަކަށް ވާސިލްވެ، އެ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން ބެލޭނީ ހަމަ އެބޭފުޅުންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގެ ތިން ރަށެއްގައި 73 ފަރާތެއް ވަނީ އިބަމަ ޓްރެއިނިން ފުރިހަމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް