ads
ފިއްލަދޫ ސްކޫލުގައި ތަޅު އެޅުވި ބެލެނެވެރިން: ފޮޓޯ/ހުވަދޫ ނިއުސް
ފިއްލަދޫގައި މަދު ބެލެނެވެރިންތަކެއް ސްކޫލުގައި ތަޅުއެޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
ހއ. ފިއްލަދޫގައި މަދު ބެލެނެވެރިންތަކެއް ނުުކުމެ ސްކޫލުގައި ބޮޑުތަޅު އެޅުވި މައްސަލަ ފުލުހަށް ހުށައަޅާފައި ވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އިއްޔެ ފިއްލަދޫގައިވަނީ ބެލެނެވެރިން ނުކުމެ އެރަށު ސުކޫލްގެ ގޭޓްގައި ބޮޑު ތަޅު އަޅުވާފައެވެ.

އެ ރަށު ބެލެނެވެރިއަކު "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ބުނީ އެރަށުގައި ޕްރިންސިޕަލަކު ނެތި ތިންއަހަރު ފާއިތު ވެފައި ވާތީ ސްކޫލް ދޮށުގައި މަދު ބެލެނެވެރިން ތަކެއް ނުކުމެ އިހުތިޖާޖް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ރަށު ކައުންސިލް ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ ޕްރިންސިޕަލަކު ސްކޫލުގައި ނެތްނަމަވެސް ދަރިވަރުންގެ ކިޔެވުމާއި، ސްކޫލުގެ އެހެނިހެން ކަންކަމުގައި އެއްވެސް ދަތިކަމެއް ސްކޫލަށް ކުރިމަތިވެފައި ނުވާކަމަށެވެ.

ސްކޫލުގެ ޕީޓީއޭއަށް ނޭނގި އެމީހުން އިހުތިޖާޖް ކުރީ ޕްރިންސިޕަލަކު ނެތިގެން ނޫން ކަމަށާއި، އެ އަމަލު ހިންގީ ބެލެނެވެރިން ކަމަކަށްވެސް ގަބޫލު ނުކުރެވޭކަމަށެވެ. ޕްރިންސިޕަލަކު ނެތި ދުވަސްތައް ފާއިތުވި ނަމަވެސް، ޕްރިންސިޕަލަކު ހޯދުމުގެ ހުރިހާ ކަމެއްކޮށް، ގާތްގަޑަކަށް ލިބޭނެހާ ދުވަސްވެސް ގާތްވެފައި ވަނިކޮށް، އިހުތިޖާޖް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލުގައި ދެތިން ބެލެނެވެރިއަކު ނުުމެ ގޭޓްގައި ބޮޑު ތަޅު އެޅުވިއަސް ގަބޫލެއް ނުކުރަން އެއީ ބެލެނެވެރިން ކަމަކަށް. އެއީ ގާތްގަޑަކަށް 100 އެއްހާ ބެލެނެވެރިން ތިބޭ ސްކޫލެއްގައި ޕްރިންސިޕަލަކު ނެތި ނުކުންނާނެ އަދަދެއްނޫން." ފަތުހުﷲ ވިދާޅުވިއެވެ.

އެއީ ހެދުނު ސްކޫލް ހުޅުވާ ގަޑި ކަމަށާއި، ސްކޫލް ތެރޭގައި މަސައްކަތު މީހުން ތިއްބާ ގޭޓްގައި ބޮޑުތަޅުއެޅުވާ ނުކުތް ދެތިން މީހުން ވަނީ އެވަގުތު ސްކޫލަށް ވަންނަން އައި ދަރިވަރުންނާއި މުދައްރިސުންގެ ކުރިމަތީގައި ހަޑިހުތުރު ބަހުން މުއާމަލާމާތް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރިވަރުންނާއި މުދައްރިސުން ސްކޫލް ތެރެއަށް ވެއްދީ އަޅުވާފައި ހުރި ތަޅު ނައްޓައިގެން ކަމަށާއި، މިއީ ތަހުގީގު ކުރެވެން ޖެހޭ މައްސަލަ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ މިއީ ހަގީގަތުގައި ވެސް ކުށެއް ކަމަށާއި، މިމަސައްލަ ބެލެން ޖެހޭނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް