ހިންމަފުށި ބަނދަރު ތަރައްގީ ކުރުމަށް ހިންގާ ގާތްގަނޑަކަށް 25.88 މިލިއަން ރުފިޔާގެ މަޝްރޫއު (ދެވަނަ ފިޔަވަހި)ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މި މަހުގެ ހަތަރު ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދިޔަ އިރު އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން، އާ ހާބާ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.