ads
އީސީގެ ރައީސް ފުއާދު ތައުފީގު
ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިން ރާޝިދުއަށް 1،401 ވޯޓު
މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންއިން އިއުލާން ކޮށްފައިވާ ދާއިމީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ލިބުނީ 1،401 ވޯޓެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ފަތުހީއަށް 1،161 ވޯޓު ލިބިފައިވާ އިރު އެމްއެންޕީގެ ކެނޑިޑޭޓް ހަންނާނަށް ލިބުނީ، 323 ވޯޓެވެ. 

ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ފަސްވަނަ ދުވަހު ބޭއްވި އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައީ ޑިމޮކްރަސީގެ ރީތީ އުސޫލުތަކުގެ މަތިން ކަމަށެވެ. 

އަދި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ އެއްވެސް މައްސަލައެއް ހުށަހަޅާފައިވާ ނުވާކަމަށް ވެސް ފުވާދު ވިދާޅުވި އެވެ. 

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިއީ އިންސާފުވެރިކަމާއެކު ކުރިއަށް ދިޔަ އިންތިހާބެއް ނޫންކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް