ads
ލ.ގަން ކޮވިޑް ފެސިލިޓީ ފޮޓޯ: ރާއްޖެ ޑޮޓް އެމްވީ
ގަން ހޮސްޕިޓަލުގައި ޕީސީއާރު ލެބްގެ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން: މެނޭޖަރު
ލ. ގަން ހޮސްޕިޓަލުގައި ޕީސީއާރު ލެބޯޓަރީ ހެދުމުގެ މަސައްކަތް ލަސްވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލް މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ ލެބަށް ބޭނުންވާ ހުރިހާ އާލާތެއް ލިބިފައިވާ ކަމަށާއި، މުވައްޒަފުންވެސް ތަމްރީން ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮވިޑްތެރޭގައި އެކިފަހަރު އެކި ކަންކަމަށް އިސްކަން ދޭން ޖެހޭތީ ލެބްގެ މަސައްކަތް ލަސްވަމުން އައީ ކަމަށް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ހެދުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. 

ނަޝީދު ވިދާޅުވީ އެމަސައްކަތަކީ މިދިޔަ އަހަރުގެ މެދުތެރޭ ކުރަން ފެށި މަސައްކަތް ތަކެއް ކަމަށެވެ. އެހެންނަމަވެސް ދެން މާ ލަސްތަކެއް ނުވެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ. 

ކޮވިޑުގެ ހާލަތު ރާއްޖޭގައި މިފަހަކަށްއައިސް ދަނީ ގޯސް ވަމުންނެވެ. ގަމުގައި ހަދާ ޕީސީއާރު ލެބަކީ އެ ސަރަހައްދަށް ގާއިމް ކުރެވޭ ލެބެއް ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް