ads
ހިނގަންފެށި މައިބަދައިގެ ބާރު ނެތް މީހާ ފޮޓޯ ބީބީސީ
މައިބަދައިގެ ވާގި ނެތްމީހަކު، އިމްޕަލާންޓެއްގެ އެހީގައި ހިނގަން ފަށައިފި
ސްވިޒަލެންޑުގެ ދިރާސާކުރާ ޓީމަކުން އުފެއްދި އިމްޕްލާންޓެއްގެ ސަބަބުން، މައިބަދައިގެ އެއްވެސް ބާރެއް ނެތް، ޕެރަލައިޒްވެފައިވާ މީހަކަށް އަނެއްކާވެސް ހިނގާބިނގާވެ އުޅުމުގެ ގާބިލްކަން ލިބިއްޖެއެވެ.
Advertisement

ބީބީސީން ރިޕޯޓް ކުރާ ގޮތުގައި މިއީ މައިބަދަ މުޅިން ހަލާކުވެފައިވާ މީހަކަށް މިނިވަންކަމާއެކު ހިނގާބިނގާވެ އުޅެވޭ ފުރަތަމަ ފަހަރެވެ.

ހަމަ މި ޓެކްނޮލޮޖީގެ ސަބަބުން ޕެރަލައިޒްވެފައިވާ އެހެން ޕޭޝަންޓެއްގެ ސިއްހަތު ރަނގަޅުވެ، ބައްޕައަކަށް ވުމުގެ ގާބިލްކަން ލިބިފައިވާ މިންވަރަވެސް އިތުރުވެފައި ވެއެވެ.

މި ދިރާސާ ވަނީ ނޭޗާ މެޑިސިން ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

މީގެ ފަސް އަހަރު ކުރިން މޮޓޯސައިކަލް އެކްސިޑެންޓެއް ގައި މިޝޭލް ރޮކާޓީ ޕެރަލައިޒް ވި އެވެ. އޭނާގެ މައިބަދައިގެމަސައްކަތް ހުރީ މުޅިން ހުއްޓިފައި ކަމަށާއި، އޭނާގެ ދެފައިގައި އެއްވެސް ވަރަކަށް އިހްސާސެއް ނެތް ކަމަށް ޖާނަލްގައިވެއެވެ.

އެކަމަކު މިހާރު އޭނާގެ މައިބަދައިގައި ސާޖަރީހަދައިގެން ގުޅާފައި ހުރި އިލެކްޓްރިކަލް އިމްޕްލާންޓްގެ ސަބަބުން އޭނާއަށް ހިނގާބިނގާވެ އުޅެވިދާނެކަމަށްވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ވާގޮތުން މައިބަދައިގެ ވާގި ނެތިފައިވާ މީހަކަށް މީގެ ކުރިން ދުވަހަކުވެސް މިކަހަލަ ގޮތަކަށް ހިނގާބިނގާވެ އުޅެވޭގޮތް ވެފައެއް ނުވެއެވެ.

މިއީ ސްޕައިނަލް އިންޖަރީއަށް އޮތް ފަރުވާއެއް ނޫން ކަމަށާއި އާންމު ދިރިއުޅުމުގައި ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ ޓެކްނޮލޮޖީ އަދިވެސް ކޮމްޕްލިކޭޓެޑް ކަމަށާއި ނަމަވެސް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް