ads
ފޮޓޯ: އެމްޓީސީސީ
ކުޅުދުއްފުށި އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރަން 42.37 މިލިއަން ރުފިޔާ
ކުޅުދުއްފުށި އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މަސައްކަތް 42.3 މިލިޔަން ރުފިޔާއަށް ސަރުކާރުން މިއަދު އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ހާވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާލިލް އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. 

މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއްވެސް ހަދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއިން 200 ދުވަހުގެ ތެރޭ ނިންމާ ސަރުކާރާއި ހަވާލު ކުރާ ގޮތަށް މިމަސައްކަތް އެކުންފުންނާއި ހަވާލު ކޮށްފައިވަނީ، 42.37 މިލިއަން ރުފިޔާ އަށެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް