ads
ޔޫރޯގެ ދެހާސް ސޯޅައިގެ ޗެމްޕިއަން ޕޯޗުގަލްގެ ރޮނާލްޑޯ ޓްރޮފީއާއެކު
ޔޫކޭ، އަޔަލަންޑް އަދި ސްކޮޓްލަންޑުން ޔޫރޯއަށް ބިޑުކުރަނީ
ދެހާސް އަށާވީސްވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަށް، އިނގިރޭސިވިލާތް، ސްކޮޓްލަންޑް، ވޭލްސް، ނޮދަން އަޔަލެންޑް އަދި އަޔަލެންޑް ގުޅިގެން ބިޑު ކުރަން ނިންމައިފިއެވެ.

ފަސް ގައުމުން ގުޅިގެން ދެހާސް އަށާވީސްވަނަ އަހަރުގެ ޔޫރޯއަށް ބިޑުކުރަން އިއުލާން ކުރިއިރު، ދެހާސް ތިރީސްވަނަ އަހަރުގެ ފީފާ ވޯލްޑްކަޕަށް ބޮޑު ކުރުމުގެ ޚިޔާލުތައް ދޫކޮށްލުމަށްވެސް ފަސް ގައުމުންވަނީ ނިންމާފައެވެ. ޔޫރޯ ދެހާސް އަށާވީހަށް ފަސް ގައުމުން ގުޅިގެން ބިޑުކުރަން ނިންމިއިރު، ރަސްމީކޮށް ބިޑު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީޚަކީ މާރިޗު މަހުގެ ތޭވީހެވެ. އަދި ރަސްމީކޮށް ބިޑު ހުށަހަޅާ ފަރާތްތައް ޔުއެފާއިން އިއުލާން ކުރާނީ އޭޕްރިލް މަހުއެވެ. ބިޑުތައް ދިރާސާ ކުރުމުގެ ދިގު މަރުހަލާއަކަށް ފަހު ބިޑު ކާމިޔާބު ކުރާ ގައުމެއް ނުވަތަ ގައުމުތަކެއް ޔުއެފާއިން އިއުލާން ކުރާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ދެހާސް އަށާވީސްވަނަ އަހަރުގެ ޔޫރޯއަށް ދާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އަދަދު އިތުރުކުރަން ޔުއެފާއިން އަންނަނީ ވިސްނަމުންނެވެ. މިހާރު ސައުވީސް ގައުމުން ވާދަކުރާ މުބާރާތުގައި ބައްތިރީސް ޓީމަށް ފުރުސަތު ދޭން ޔުއެފާއިން އަންނަނީ ވިސްނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް