ads
ދިއްދޫ ކައުންސިލްގައި އޮތް ބައްދަލުވުމެއް ފޮޓޯ ދިއްދޫ ކައުންސިލް ފޭސްބުކް ޕޭޖް
ރައީސަށް ވޯޓުގައި ބައިވެރި ނުވެވޭ ގޮތް ހެދުމުން ދިއްދޫ ކައުންސިލް ހުއްޓުމަކަށް
ރައީސަށް ވޯޓު ނުލެވޭ ގޮތް ހެދުމުގެ ސަބަބުން ހއ. ދިއްދޫ ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

މީގެ ކުރިންވެސް އެކައުންސިލުންވަނީ މިގޮތަށ ރައީސަށް ވޯޓުގައި ބައިވެރި ނުވެވޭ ގޮަތަށް ނިންމުމެއް ނިންމާފައެވެ. ކުރިން ނިންމި އެ ނިންމުމާ ގުޅިގެން އެލްޖީއޭއިން ބުނެފައިވަނީ ހިންގާ ގަވާއިދަށް ބަދަލު ގެނެސްގެން ނޫނީ އެގޮތަށް ނުނިންމޭނެ ކަމަށެވެ. އެހެންވެ އެކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ 5 މެންބަރުންގެ އަގްލަބިއްޔަތުން މިފަހަރު މިގޮތަށް ނިންމާފައިވަނީ ހިންގާ ގަވާއިދަށް ބަދަލު ގެނައުމަށް ފަހުއެވެ. ރައީސަށް ވޯޓުގައި ބައިވެރި ވެވޭނީ ހަމައެކަނި އެއްވަރު ވެއްޖެ ނަމައެވެ. 

ދިއްދޫ ކައުންސިލްގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ ފަސް މެންބަރުންނާއި، ޕީޕީއެމްއަށް ނިސްބަތްވާ ދެ މެންބަރުންނެވެ. ރައީސް ނިސްބަތްވަނީ ޕީޕީއެމް އަށެވެ. 

ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ރަސްމީ ބައްދަލުވުންތައް މިހާރު ކުރިއަށް ނުދާ ކަމަށާއި، ކައުންސިލްގެ ވަރަށް ގިނަކަންކަން ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ކުދިކުދި މަސައްކަތް ކުރުވާފައި އެމަސައްކަތުގެ އުޖޫރަ ނުދެވުމާއި، ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުންނަށް މުސާރަ ނުދެވުން ފަދަ ކަންކަން އެބަހުރި ކަމަށެވެ. 

ރަޝީދު އިތުރަށް ވިދާޅުވީ މިބަދަލު ގެނައީ ޕީޕީއެމްގެ ރައީސަކު ހުންނާތީ ކަމަށާއި، އެހެން އެއްވެސް ސަބަބެއް މިކަމުގައި ނެތްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތުމުން އެމީހުން ބޭނުންވާ ކަންކަން ހަމަ ކުރިއަށް ދާ ކަމަށެވެ. އެއްވެސް އިތުރު ކަމެއް މިކަމުގައި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އެހެންނަމަވެސް އެކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އައިޝަތު ނަޒްމާ ވިދާޅުވީ މިއީ ޑިމޮކްރަސީގައި ހުރިހާ ގައުމެއްގައިވެސް އޮންނަ ގޮތް ކަމަށާއި، ބައިވެރި ނުވެވޭ ގޮތަ ހަދާފައިވަނީ ރައީސަށް ނޫން ކަމަށާއި ރިޔާސަތަށް ކަމަށެވެ.

"ރިޔާސަތަށް ބައިވެރި ނުވެވޭ ގޮތް ހަދާފައި އޮންނާނީ. ބައެއް ދުވަސްދުވަހު ނައިބު ރައީސްވެސް އިންނަން ޖެހިދާނެ އަދި އެހެން މެންބަރަކުވެސް އިންނަން ޖެހިދާނެ. އެހެންވީމަ އެއީ އެއްވެސް ހާލެއްގަ އަބްދުﷲ ރަޝީދަށް ވެގެން ކުރާ ކަމެއް ނޫން" ނަޒްމާ ވިދާޅުވިއެވެ. 

ނަޒްމާ ވިދާޅުވީ ބައްދަލުވުންތައް ކުރިއަށް ނުދަނީ ފަން މެންބަރުންގެ އަގްލަބިއްޔަތުން ނިންމާފައިވާ ނިންމުމަށް ރައީސް އެއްބަސް ނުވާތީއެވެ. 

ޖެނުއަރީ 20 ގައި ނިންމި ނިންމުން ހަމައެދުވަހު އެކައުންސިލުން ވަނީ އެލްޖީއޭ އަށް ފޮނުވާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އޭގެ ޖަވާބެއް ލިބިފައިނުވާތީ އެސިޓީއާ ހަވާލާ ދީ މިއަދުވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް