ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރާލާފައިވާ ދޫނިތައް
ގަވައިދާ ހިލާފަށް ދޫނި ގެނައި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ލަފާ ދީފި
ރާއްޖެއަށް ގަވައިދާ ހިލާފަށް ދޫނި ގެނައި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފިޝަރީޒް މިނިސްޓްރީއަށް ލަފާ ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ޙުސައިން ޙަސަން ވިދާޅުވީ އެ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކޮރަންޓީންކުރެވެނުއިރު ޢަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ޢަމަލުކުރަން ފެންނަ ވާހަކަކަމަށެވެ. އަދި މި މައްސަލާގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ދޫނިތަކަކީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު" ގައި ނުހިމެނޭ ދޫނިތަކެކެވެ. ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ. 

"ނަމަވެސް އެގޮތުގެ މަތިން މިނިސްޓްރީން ޢަމަލުކޮށްފައެއް ނުވޭ. އެތަކެތި ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ޚަދަރުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުންކަން ގަވާއިދުގައި ބަޔާންކޮށްފައިވޭ" ހުސައިން ވިދާޅުވިއެވެ.

އޭޖީ އޮފީހުން ބުނީ އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފުވެގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހާއި އޮކްޓޫބަަރުމަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައިކަމާއި ނަމަވެސް، އެ ދޫނިތައް ކޮރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ހިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް މިހާތަނަށްވެސް އަޅާފައިނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އޭގެ ބަދަލުގައި "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެންބަރު 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ. އަދި ބުނީ އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން އެ އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން މީޑިއާ ތަކަށް ބުނެފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އެ ދޫނިތައް ނައްތާލާފައިވާ ކަމަށެވެ. އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ.

މަރާލާފައިވާ 120 ވަރަކަށް ދޫނީގެ އަގަކީ ގާތްގަނޑަކަށް 800،000 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް