ކުރެންދޫ ކައުންސިލް ރައީސް މި އިންތިހާބު ކުރަނީ އެކައުންސިލްގައި ކުރިން ހުންނެވި ރައީސް އިބްރާހީމް ސިމާއު ޖެނުއަރީ 10 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސީއެންއެމްއަށް ސިމާއު ވިދާޅުވީ އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބު ތަކަށްޓަކައި، މާލެއަށް ދިރިއުޅުން ބަދަލު ކުރަން ޖެހުމާ ގުޅިގެން އިސްތިއުފާ ދެއްވީ ކަމަށެވެ.
އީސީން ވަނީ މި މަގާމަށް ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން އެކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މިމަހުގެ ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާ ލާފައެވެ.