ads
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ހޮވިވަޑައިގެންނެވި މުޙައްމަދު ރާޝިދު މެންބަރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު
ކޮމަންޑޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ ރާޝިދު ކުރައްވައިފި
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ މުހައްމަދު ރާޝިދު މިއަދު ކުރައްވައިފިއެވެ.

ރާޝިދު މެމްބަރު ކަމުގެ ހުވާ ކުރައްވާފައި ވަނީ މިއަދު އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މެމްބަރު ކަމުގެ ގާނޫނީ ހުވާ ރާޝިދުއަށް ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. 

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މެމްބަރު ރާޝިދު ކާމިޔާބު ކުރެއްވީ، މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންވެ. 

އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރާޝިދު ވާދަ ކުރެއްވިއިރު، ޕީޕީއެމްގެ ފަރާތުން ވާދަ ކުރެއްވީ، ފަތުހީއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވީ ހަންނާނުއެވެ. 

މި އިންތިހާބުގައި ރާޝިދުއަށް 1،401 ވޯޓު ލިބިފައި ވާއިރު، މޫސާ ފަތުހީއަށް 1،161 ވޯޓް ވަނީ ލިބިފައެވެ. އަދި ހަންނާން އަށް ލިބުނީ، 323 ވޯޓެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް