ads
އިހަވަންދޫ ބަނދަރު ހަދާ 80އިންސައްތަ މަސައްކަތް ނިމިފައި: ފޮޓޯ/އެމްޓީސީސީ
އިހަވަންދޫ ބަނދަރު ހަދާ 80އިންސައްތަ މަސައްކަތް ނިމިއްޖެ
ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގާތްގަނޑަކަށް 59.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ ބަނދަރު ބޮޑުކުުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތާއި އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.  

އެގޮތުން މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށްވެސް އެމްޓިސީސީން ބުނެއެވެ.

your image އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން: ފޮޓޯ/އެމްޓީސީސީ

އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އިހަވަންދޫ ކައުންސިލް ރައީސް އަހުމަދު ސޮބާހު "ސީއެންއެމް" އަށް ވިދާޅުވީ ބަނދަރަކީ ކުރިން ވެސް އޮޮންނަ ބަނދަރެއް ކަމަށާއި، ބަނދަރު ވަރަށް ބޮޑަށް ހަލާކުވުމާއި ގުޅިގެން މިރާހު ކުރަމުންދާ މަސައްކަތަކީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށެވެ. 

މިއީ 2019 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، ނަމަވެސް މިއަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވެނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް