ads
ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން؛ ފޮޓޯ/ އެމްޓީސީސީ
ކިނޮޅަސް ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް
ރ. ކިނޮޅަސް ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގާތްގަނޑަކަށް 45.1 މިލިއަން ރުފިޔާގެ އެމަޝްރޫއުގެ ދަށުން މިހާރު ހުރީ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތާއި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުނެ އެވެ.your imageރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއުން: ފޮޓޯ/ އެމްޓީސީސީ

ކިނޮޅަސް ކައުންސިލުގެ ރައީސް އަހުމަދު ހުސެއިން "ސީއެންއެމް" އަށް ވިދާޅުވީ މިހާރު ވެސް މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި، މިހާރު ތަރައްގީ ކުރާ ބަނދަރަކީ ގާތްގަނޑަކަށް 300 އަކަފޫޓަށް ވުރެ ބޮޑު، މިވަގުތު ބޭނުން ކުރަމުންދާ ބަނދަރާ ޖެހިގެން ހަދަމުންދާ، އަދި ކުރީ ބަނދަރު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. 

"ބޭރުތޮށީގައި ވެސް ބޮޑު ހިލަ ޖަހަން ވަނީ ނިންމާފަ. ނެރު ވެސް ބަދަލުކުރާނެ އެހެންތަނަކަށް." ހުސެއިން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙަހައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި އޭގެ އިތުރުން 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހަރުކުރުމާއި، 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް