ads
ށ. މިލަންދޫ ކައުންސިލަރު އަހްމަދު ޝިޔާމް: ފޮޓޯ| ޓުވިޓާ
މިލަންދޫ ކައުންސިލަރު ޝިޔާމަށް ހަމަލާދީ ޒަހަމް ކޮށްލައިފި
ށ. މިލަންދޫ ކައުންސިލް މެމްބަރު އަހުމަދު ޝިޔާމް އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
Advertisement

މިކަމާއި ގުޅިގެން ކައުންސިލަރު ޝިޔާމް ސީއެންއެމްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރޭ 23:00 ހާއިރު ކެފޭ އެއްތެރޭ ކޮފީ ބޯން ތިއްބަ ބަޔަކު އައިސް އޭނާ އަށް އިންޒާރުދިން ކަމަށެވެ. އަދި ހަަމަ އެވަގުތު ފުލުހުންނަށް އެމައްސަލަ ހުށައެޅި ކަމަށާއި، ފުލުހުން އެކެފޭ ކައިރިއަށް އައިސް ތިއްބާ އެތަނަށް އެއްވެފައި ތިބި ބަޔަކު އޭނާއަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވާކަމަށެވެ. 

އަދި އެމީހުން ދިން ހަމަލާތަކުގައި އޭނާގެ ކޮއްކޮ އަށް ވެސް އެކިވަރުގެ އަނިޔާތަށް ވެފައި ވާކަމަށާއި، މިއީ ރާވައިގެން ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

"އަޅުގަނޑު ކެފޭ ތެރޭ އިންދާ ބަޔަކު އައިސް ސުވާލުތަކެއް ކޮށް އެތަނުން ދިޔައީ. އެމީހުންގެ އަމަލުތައް ހުރި ގޮތުން އަޅުގަނޑު ފުލުހުންނަށް އެވަގުތު ގުޅިން. ފުލުހުން އެތަނުގައި ތިއްބާ މަގުމަތީގައި ތިބި ބަޔަކު އައިސް އަޅުގަނޑަށް ހަމަލާ ދިނީ. މިއީ ބަޔަކު ރާވައިގެން ކުރިކަމެއް." ޝިޔާމް ވިދާޅުވިއެވެ.

އޭނާގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވާއިރު، ގައިގެ އެކި ތަންތަނުގައި ވަނީ ވަކިވެސް އަޅާފައެވެ. މީގެ އިތުރުން އޭނާ ލައިގެން ހުރި ގަމީސް ވެސް އެމީހުން ވަނީ ވީދާލާފައެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައި ވާކަމަށާއި، ރޭ ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ނަމަވެސް މި މައްސަލައިގައި އިންސާފު ލިބިދާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ކިތައްމެ ބިރެއް ދެއްކިޔަސް ކިތައްމެ ކަމެއް ކުރިއަސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް