ރަމަޒާން ބާޒާރު ސޭލް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އެ ރަސްމިއްޔާތު އޮތީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގަ އެވެ.
އެސްޓީއޯއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، އެސްޓީއޯ "ރަމަޒާން ބަޒާރު" ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް ކަމަށާއި، އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްހަމަޖެހޭ ޑިސްކައުންޓް ތަކެއް އެކުލެވިގެން ވާނެ ކަމަށެވެ.
މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަ ތަކުގައި ކަމަށާއި، ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެކުންފުނިން ބުނީ، އެހެން އަހަރު ތަކާއި ހިލާފަށް، މިއަހަރުގެ ރަމަޒާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަން ކަމަށެވެ.
އަދި އެސްޓީއޯ ސުޕާމާޓްގައި ރަމަޒާން ބާޒާރު ސޭލް މާޗް މަހުގައި ފެށޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓް އަދި އޮފާތައް:
2022 ވަނަ އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.