ads
އެންސިސްގެ ހުޅުމާލޭގައި އަޅާ ފެކްޓްރީ-- ފޮޓޯ: އެންސިސް
ޑްރަގް ޓްރެފިކިން މައްސަލައެއްގައި ހެއްކަށް ނުފޫޒެއް ނުފޯރުވަން: އެންސިސް
ޑްރަގް ޓްރެފިކިން މައްސަލައެއްގައި، ހެއްކަށް ނޫފޫޒު ފޯރުވާފައި ނުވާނެ ކަމަށް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި  އެހެން ބުނެފައިވަނީ ޑްރަގް ޓްރެފިކިން މައްސަލައެއްގައި، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އިން ހެއްކަށް ނޫފޫޒު ފޯރުވާފައިވާ ކަމަށް، 9 ފެބްރުވަރީ 2022 ގައި މިހާރު ނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުމާއި ހަވާލާދީ އެވެ.

މިމައްސަލައަކީ ޖޫން 2020 ވަނަ އަހަރު ހިނގާފައިވާ މައްސަލައެކެވެ. 

އަދި ޝަރީއަތުގައި ހެކިންގެ ގޮތުގައި ކަނޑައަޅާފައިވާ ދެމުވައްޒަފުން، މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރާއްޖޭއިން ބޭރަށް ފުރުވާލިކަމަށް އެ ކުންފުނީގެ މައްޗަށް މިހާރު ނޫހުގެ ލިޔުމުގައި ތުހުމަތު ކޮށްފައިވާ ކަމަށް ނޫސްބަޔާނުގައި ވެއެވެ.

އެ ކުންފުނިން ބުނީ މި ހެކިންގެ ތެރެއިން އެއްމުވައްޒަފަކު، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުމުން، 2021 ސެޕްޓެމްބަރު ގައިވަނީ ވަޒީފާއިން ވަކިކުރެވިފަ ކަމަށާއި، ދެވަނަ މުވައްޒަފު އަހަރީ ޗުއްޓީއަށް އަމިއްލަ ޤައުމަށް ދިއުމަށްފަހު، އެނބުރި ރާއްޖެ އަންނަން އޮތް ދުވަހަށް ނައުމުގެ ސަބަބުން، ޑިސެމްބަރު 2021 ގައި ވަނީ ވަޒީފާއިން ވަކިކުރެވިފައި ކަމަށެވެ. މި ދެމުވައްޒަފުން ރާއްޖޭގައި ބޭތިއްބުމަށް އެއްވެސް ރަސްމީ އިދާރާއަކުން އެކުންފުންޏަށް އަންގާފައި ނުވާކަމަށް ވެސް އެންސިސް އިން ބުނެއެވެ.

ހަވާލާ ދީފައިވާ މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަވިސްއަށް، އެ މުވައްސަސާއިން އެދިލެއްވި އެންމެހާ ކަންކަމުގައި އެކުންފުނިން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި،  އަދި މިމައްސަލައިގައި ހެކިބަސްދޭން ހެކިވެރިންގެ ގޮތުގައި ހާޒިރުވުމަށް އަންގާފައިވާ އެއްވެސް މުވައްޒަފެއްގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް އެންސިސް އިން ބުނެއެވެ.  

"މިމައްސަލައަކީ، ކުންފުނީގައި އުޅުނު މުވައްޒަފަކަށް ރައްދުވާ މައްސަލައެއް ކަމުގައިވި ނަމަވެސް، މީ، މިކުންފުންޏާ އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫނެވެ. ނަމަވެސް މިހާރު ނޫހުގެ ލިޔުމުގައި، އަދި އެލިޔުމުގެ މައި ސުރުހީގައި މިކުންފުނީގެ ނަން ބޭނުންކޮށްފައިވަނީ ކުންފުނީގެ އަގުވެއްޓި އަދި ކުންފުނީގައި މަސައްކަތްކުރާ 700 އަށްވުރެ ގިނަ މުވައްޒަފުންގެ ކަރާމާތަށް ގެއްލުންވާނޭ ފަދައިންކަން ފާހަގަ ކުރަމެވެ. އަދި މިހާރު ނޫހުގައި މި ލިޔުން ޝާއިއު ކުރުމުގެ ކުރިން މި ކުންފުނީގެ ބަހަކަށް މިހާރު ނޫހުން އެދިފައިނުވުމަކީ މިކުންފުނިން ވަރަށް ހިތާމަ ކުރާކަމެކެވެ." ބަޔާނުގައި ވެއެވެ.

މިފަދަ ޤާނޫނާ ހިލާފު އެއްވެސް ކަމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށާއި، އަދި މިފަދަ ކަންކަމުގައި އެކުންފުނިން ބައިވެރިނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ދިވެހިރައްޔިތުންނަށް އަރުވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް