ads
ސަފާރީ އައިލެންޑް ރިސޯޓް: މިނިސްޓްރީން މިއަހަރު އާ އެވޯޑް ތަކެއް ތައާރަފް ކުރަނީ
ފަތުރުވެރި ކަމަށް ހާއްސަ އަހަރީ އެވޯޑުތަކެއް ކޮންމެ އަހަރަކު ދެނީ
ފަތުރުވެރިކަމާއި ގުޅުންހުރި ހާއްސަ އަހަރީ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މި ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށް ދިނުމުން ދޭ ހަތަރު އެވޯޑާއި، ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށްދޭ ތިން އެވޯޑެއް ހިމެނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާ ފަހިކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑަ ކާއި، މީހުން ބިނާކުރުމަށް ބާރު އެޅުމަށް ދޭ އެވޯޑަކާއި ، އަންހެނުންނަށް ވަޒީފާ ފަހި ކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑަކާއި ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެވޯޑެއް ތައާރުފުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެވޯޑުތަކަކީ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން އަމިއްލައަށް އެވޯޑް ހޯދުމުގައި ބައިވެރިވުމަށް ހުށައެޅުމުން، މިނިސް ޓްރީއިން އެވެލުއޭޓްކޮށް، އެވޯޑަށް ހޮވޭ ފަރާތްތަކަށް ދޭ އެވޯޑު ތަކެކެވެ. 

ފަތުރުވެރިކަމުގެ ރަންއަހަރާއި ގުޅުވައިގެން މި އަހަރު ދޭން ފަށާ މި އެވޯޑް ތައް ކޮންމެ އަހަރަކުވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދު ހިމެނޭނެހެން، އެވޯޑަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫންގައި ހުޅުވައިލުމަށްވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް