ads
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން. -- ފޮޓޯ: އޭއެފްޕީ
އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރަން ނިންމައިފި
އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމައިފި އެވެ.

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމާ އެކަން އިއުލާންކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރިސް ޕޭން އެވެ.

އޭނާ ވިދާޅުވިިގޮތުގައި ރާއްޖޭގައި ދާއުމީކޮށް ގާއިމުކުރެވިގެންދާ ހައި ކޮމިޝަނުގެ ސަބަބުން އިންޑިއާ ކަނޑުގެ މުހިންމު އަވަށްޓެރިއަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަަދަވެގެންދާނެއެވެ. އަދި އެއީ އޮސްޓްރޭލިއާ އާއި ރާއްޖޭން ވެސް އެދޭ ގޮތަށް، އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލެވޭ އިތުރު ބާރެެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ހައި ކޮމިޝަނާއިއެކު ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރަން ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރެވިގެންދާނެއެވެ.

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމާ އެކަން އިއުލާންކުރެއްވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވީ، އެ ނިންމުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި މިހާރު ހުންނަނީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނުންނެވެ. 

ރާއްޖޭގައި މިވަގުތު ގާއިމުވެފައިވާ ހައި ކޮމިޝަންތައް

  1. ސްރީލަންކާ
  2. އިންޑިއާ
  3. ބަގްލަދޭޝް
  4. ޕާކިސްތާން
  5. ޔޫކޭ

ރާއްޖޭގައި މިވަގުތު ގާއިމުވެފައިވާ އެމްބަސީތައް

  1. ޗަޕާން
  2. ޗައިނާ
  3. ޔޫއޭއީ
  4. ސައޫދީ އަރަބިއްޔާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް