ads
ރައީސް ޔާމީން، މިއަދު ރ. މީދޫގައި އިދިކޮޅުން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަނީ ފޮޓޯ: ޕީޕީއެމް
"ބުނީމަ ގަބޫލު ކުރައްވާ، އުތުރު ތިލަފަޅުގައި ދިވެހިންގެ ބާރެއް ނެތް"
އުތުރު ތިލަފަޅުގައި ދިވެހި އަސްކަރިއްޔާގެ އެއްވެސް ބާރެއް ނުހިނގާ ކަމަށާއި، އެތަން ކޮންޓްރޯލް ކުރަނީ އިންޑިއާގެ އަސްކަރިއްޔާއިން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މިއަދު، ރ. މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގެ މުހިއްމު ހުރިހާ ހިސާބެއްގައި "ބަނޑަހަ ޖަހައިގެން" މިހާރު އެބަތިމި ކަމަށެވެ. އަދި އައުޓް ކުރަންޖެހެނީ ކޮން އެއްޗެއްކަން މިހާރުގެ ސަރުކާރަށް ނޭނގިގެން މިއުޅެނީ، އެކޯލިޝަނުން ކުރިއަށްގެންދާ ގައުމީ ހަރަކާތް ބަލަން ސަރުކާރުގެ ވެރިންނަށް ކެތްނުކުރެވޭތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ބަޔަކު މީހުން ގަބޫލު ނުކުރިޔަސް މިހާރު އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ އެއްވެސް ބާރެއް ނުހިނގާ ކަމަށާއި، އެތަނުގެ ހުރިހާބާރެއް އޮތީ އިންޑިއާގެ އަސްކަރިއްޔާގެ ދަށުގައި ކަމަށެވެ. 

"އަަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ، މިއީ ދިވެހި ދައުލަތުގެ ބާރުހިނގާ ތަނެއް ނޫން، މިއި ފުރިހަމައަށް އިންޑިއާގެ ސަރުކާރުގެ އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް"

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އަންނަ އިންޑިއާ ސިފައިންގެ ވަކި ރޭންކަކުން މަތީ އެއްވެސް އޮފިސަރަކަށް ދިވެހި ސަރުކާރަށް އެއްވެސް ކަމެއްގައި ހުރަސް އެޅުމުގެ ފުރުސަތު ނެތް ކަމަށާއި، މިއީވެސް ބަޔަކު ރާވައިގެން ގައުމު ބިކަކޮށްލުމަށް ކުރާ ކަމެއް ކަމަށެވެ. 

އަދި ދިވެހި ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާ ކޮންމެ މީހަކީ ގައްދާރެއް ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ޒަމާނީ، ނޭވަލް ބަނދަރަކާއި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

އެތަނުގައި ގާއިމްކުރާ ފެސިލިޓި އަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަން އޮޕަރޭޓު ކުރާނީ ވެސް ގައުމީ ދިފާއީ ބާރުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް