އިންޑިއަން ސުޕަރ ލީގު- އައިއެސްއެލްގައި ޗެތްރީ ޖެހި ފަންސާސްވަނަ ލަނޑު އޭނާ ޖަހާފައިވަނީ ހުކުރު ދުވަހުގެ ރޭ ހައިދަރުއާބާދު އަތުން ބެންގަލޫރު ދެ ލަނޑު އެއް ލަނޑުން ބަލިވި މެޗުގައެވެ.
އައިއެސްއެލްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ޗެތްރީ ހުކުރު ދުވަހު ހޯދިއިރު، މި ދިޔަ މަހު ފަހު ކޮޅު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ އެންމެ ިނަ ލަނޑޫ ޖެހި ކުޅުންތެރިޔަކީވެސް ޗެތްރީއެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ޗެތްރީވަނީ އެ މުބާރާތުގައި ފަސް ލަނޑު ޖަހާފައެވެ.