ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެހޮސްޕިޓަލުގެ ލެބޯޓްރީ އޯޕީޑީ ހިދުމަތްތަކަށް ކުރިން ވަނީ ބަދަލު ގެނެސްފައެވެ. ބަދަލު ގެނެސްފައިވަނީ 2012 ފެބްރުއަރީ 06 އިން ފެށިގެންނެވެ.
އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭނެގުމުގެ ހިދުމަތް ދެމުން ގޮސްފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 14:00 އާހަމައަށެވެ. ނަމަވެސްއެ ހޮސްޕިޓަލުންބުނީ މާދަމާއިން ފެށިގެން މި ޚިދުމަތް ދެމުންދާވަގުތު ކުރިއެކޭވެސް އެއްގޮތަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ޚިދުމަތް ދެމުންދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ނަންބަރު ދޫކުރަން ފެށުމަށް
ހަމަޖެހިފައިވަނީ ހެނދުނު 07:45ން ފެށިގެން ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.