ads
ހަނިމާދޫ ބަނދަރު، މަސައްކަތް ނިމެނީ: ފޮޓޯ/ އެމްޓިސީސީ
ހަނިމާދޫ ބަނދަރު، މަސައްކަތުގެ55 އިންސައްތަ ނިމިއްޖެ
ހދ. ހަނިމާދޫ ބަނދަރު، މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހަނިމާދޫ ބަނދަރުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތް ކަމަށް އެމްޓިސީސީން ބުނެއެވެ. 

އަދި ވެލި ބަރުކޮށްގެން ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށްވެސް އެ ކުންފުނުން ބުނެއެވެ.

your imageހަނިމާދޫ ބަނދަރު، މަސައްކަތް ނިމެނީ: ފޮޓޯ/ އެމްޓިސީސީ

މި މަޝްރޫޢުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަބޭސިން އާއި، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުންވެސް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަަރަޙައްދެއްގައި އެއްގަމުތޮށި ލުންވެސް ހިމެނެއެވެ.

އަދި 2583 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، މި މަޝްރޫއަކީ 64.6 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް