ads
މީރާ
ސެލްފީ އަކަށްވުރެ މީރާއަށް ފިރިމީހާ މުހިންމެއް ނުވި!
މީރާ ރާޖްޕުތް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭއިރު އޭނާ ޕޯސްޓްކުރާ ފޮޓޯތައް ބެލުމަކީ ބެލުންތެރިން ވަރަށް ލޯބިކުރާ ކަމެކެވެ.

މީރާ، ގިނަ ފަހަރަށް އޭނާގެ ހަޔާތުގައި ހިނގާ ކަންތައްތައް މަދުން ނަމަވެސް ހިއްސާކުރަމުންއާދެއެވެ. އޭގެތެރޭގައި ޝާހިދު ކަޕޫރުގެ ފޮޓޯތައް ނުވަތަ ވީޑިއޯތައް ބަލާލަން ލިބޭ ފަހަރުވެސް އާދެއެވެ.

އެހެން ނަމަވެސް ފިރިމީހާ އަށް ވުރެ ބޮޑަށް ލޯބިވާ ނުވަތަ ފިރިމީހާ އާއި އެކުގައި އުޅޭ އިރު ވެސް އޭނާގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލާ އެހެން ކަންތައް ތަކެއްވެސް ހުރެދާނެ ކަން މީރާ ވަނީ ސާބިތު ކޮށްދީފައެވެ. 

މީރާ ބުނިގޮތުގައި ފިރިމީހާ އާއެކު ވީޑިއޯ ކޯލެއްގައި އުޅުނުއިރު، އޭނާގެ ސަމާލުކަން ހުއްޓުނީ ސަންކިސްޑް ސެލްފީއަކަށް ކަމަށާއި، އެވަގުތު އެ ސެލްފީ ނެގުން މީރާއަށް މާ މުހިންމުވި ކަމަށެވެ. އެހެންކަމުން ފިރިމީހާގެ ވީޑިއޯ ކޯލް އެވަގުތު ކަނޑާލުމަށްފަހު، އުޅެވުނީ އެ ސެލްފީ ނެގުމަށް ކަމަށް މީރާ ބުންޏެވެ.

މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. މީރާ އާއި ޝާހިދު ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

މީރާ އަކީ ފިލްމީ ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ.

0%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް