ads
އިހަވަންދޫ ސިއްހީ މަރުކަޒު ފޮޓޯ: އިހަވަންދޫ އޮންލައިން
އާސަންދަ ނުލިބުމުން އަމިއްލަ ހަރަދުގައި ދުވަސްވީ ބަލިމީހަކު މާލެއަށް!
ހއ. އިހަވަންދޫގައި އޮތް އުމުރުން ދުވަސްވީ ބަލިމީކަށް އާސަންދަ ހަމަނުޖެހިގެން އެންމެފަހުން އާއިލާއާއި ރަށުގެ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު މާދަމާ މާލެ ގެންނަން ނިންމައިފިއެވެ.
Advertisement

އިހަވަންދޫ ކައުންސިލުން ސީއެންއެމް އަށް ބުނީ، އުމުރުން 77 އަހަރުގެ ނަސްރީނާ މޫސާ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދިއްދޫ ހޮސްޕިޓަލަށް ދެއްކީ އަތުގެ ކޮނޑު ހުޅަށް ތަދުވާތީ ކަމަށާއި، އެ ހޮސްޕިޓަލުން ބޭސް ދީފައި އަނބުރާ ރަށަށް ފޮނުވާލީކަމަށެވެ. އެހެންނަމަވެސް ތަދު ނުކެނޑޭތީ އަނެއްކާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ހޮސްޕިޓަލުންވެސް ބޭސްތަކެއް ދީފައި ފޮނުވާލީ ކަމަށެވެ. 

ރަށަށް އެނބުރި އައުމަށްފަހުވެސް ބަލިހާލަތު ބޮޑުވާތީ އަނެއްކާވެސް އިހަވަންދޫ ސިއްހީ މަރުކަޒުން ދިޔައީ ފަރުވާ ހޯދަމުން ކަމަށް ކައުންސިލުން ބުންޏެވެ. 

"މުޅިންވެސް ތަދުކަނޑުވާ އިންޖެކްޝަން ޖަހަމުންދަނީ. އިތުރަށް ދިނީ ބޭސްތަކެއް" އިހަވަންދޫ ކައުންސިލް މެންބަރު އަހްމަދު ރިލްވާން ވިދާޅުވިއެވެ. 

ނަސްރީނާގެ މާމަ ދަރިފުޅެއް ކަމަށްވާ ލީޒާ ބުނީ މާމަ މާލެ ގެންދަންވެގެން އާސަންދަ ލިބޭތޯ ވަރަށް ގިނަ މަސައްކަތް ކުރި ކަމަށާއި، އެންސްޕާގެ އެހީތެރިކަމަށްވެސް އެދުނު ކަމަށެވެ. 

އެހެންނަމަވެސް މިއިން އެއްވެސް އިދާރާއަކުން މިހާތަނަށް އައިއިރު ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށް ލީޒާ ބުންޏެވެ. 

ބަލި މީހާއަށް މިހާރު ދެމުން ގެންދަނީ  ޓްރެމެޑޯލް(50މިލިގްރާމް)އެވެ. 

އާއިލާއިން ބުނީ ޖަހާ އިންޖެކްޝަނާއި، ދޭ ބޭސް ތަކުގެ ސަބަބުން އަބަދުވެސް ނަސްރީނާ އޮންނަނީ ނިދިފައި ކަމަށެވެ. އޭގެ އިތުރުން ކަނާތް ފަރާތު ލޮލާއި، މޫނު ދުޅަވެފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ. 

"ކަނާތް ފަރާތު އަތުގައި ވާގި ނުހުންނަކަމަށް މާމަ ބުނަނީ،. ގިނަ ވަގުތު ނިދިފައި އޮންނަނީ. މަދު ފަހަރަކު ހޭލެވެނީ" ލީޒާ ކިޔައިދިނެވެ. 

ކައުންސިލަރު ރިލްވާން ވިދާޅުވީ ނަސްރީނާ އަށް އެންސްޕާ އާއި އާސަންދަ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ކަމަށާއި ދާއިރާގެ މެންބަރަށް ގުޅައިގެންވެސް މަސައްކަތް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތެއްގެ އެހީ ތެރިކަން ނުލިބުމުން މިހާރު ރަށުގެ ހެޔޮއެދޭ ފަރާތްތަކާއި އާއިލާގެ ހަރަދުގައި މާލެ ދިއުމަށް ނިންމާފައިވާކަމަށެވެ. 

އާސަންދައިން ޖަވާބު ދީފައިވަނީ ފުރާނައަށް ނުރައްކާވާ ކަންކަމަށޭ އާސަންދަ ލިބޭނީ. ޓެސްޓު ހެދޭ ތަނަކަށް ގެންގޮސްގެން ނޫންބާ ފުރާނައަށް ނުރައްކާވާކަން އެނގޭނީ" ރިލްވާން ސުވާލުއުފެއްދެވިއެވެ. 

ނަސްރީނާގެ ފިރިހެންދަރިއަކު ނުހުންނައިރު ދުނިޔޭގައި ހުރީ އެންމެ އަންހެން ދަރިއެކެވެ. ނަސްރީނާގެ ފިރިމީހާ އަކީވެސް ޕެރެލައިޒް ވެފައިވާ ބަލި މީހެކެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް