ads
ރިތިކް މީހަކާއި ރައްޓެހިވުމާ އެކު އޭނާގެ ކުރީގެ އަންހެނުން ކަންތައް ކުރިގޮތް ތަފާތު
ރިތިކް ރޯޝަންގެ ބައިވަރު ފިލްމުތައް ކުރިޔަށް ކުޅެން ހުރުމާއެކު އޭނާ ދަނީ ޝޫޓިންގެ މަސައްކަތުގައި ވަރަށް ބިޒީކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަހަކަށް އައިސް ރިތިކްއާއިއެކު އަންހެން ކުއްޖަކު ފެނިގެން ރިތިކް ޑޭޓް ކުރަން ފެށިކަމުގެ އަޑުތައް މިހާރު އަންނަނީ ގަދަވަމުންނެވެ.
Advertisement

އޭނާ އާއި ސަބާ އާޒާދު އެކުގައި ފެނިފައިވާ އިރު، އޭގެ ފަހުން އެދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެމީހުން އުޅެނީ ރައްޓެހިވެގެންތޯ ސަޕޯޓަރުންވެސް ދަނީ ސުވާލު އުފައްދަމުންނެވެ. 

އެ ދެމީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު، މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުސާން ޚާން ސަބާއާ އެކު ހަވީރެއް ހޭދަކުރަމުން ދަނިކޮށް ވަނީ ފެނިފައެވެ. އަދި އޭނާގެ އިންސްޓަގްރާމް ސްޓޯރީތަކުގައި ވެސް އޭނާ ވަނީ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ސުސާން އޭނާގެ އިންސްޓަގްރާމް ގައި އޭނާގެ ބައްޕަ ސަންޖޭ ޚާން އާއި ބޭބެ ޒައިދު ޚާން އާއި ދައްތަ ފަރާ ޚާން އަލީ އާއި މަންމަ ޒަރީންގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައިވެއެވެ. އަދި އެންމެ ފަހުން ފޮޓޯއިން ފެނިގެންދަނީ ސަބާ އާޒާދު މައިކް ގެ ކުރިމަތީގައި ހުއްޓި ޕާފޯމް ކުރާ މަންޒަރެވެ. "ހާދަ ބާއްޖަވެރި ހަވީރެކޭ! ތިއީ ވަރަށް ކޫލް އަދި އެހާމެ ޓެލެންޓެޑް މީހެއް" ސަބާ އާޒާދް އަދި މޭޑް ބޯއި މިންކް އަށް ޓެގް ކޮށް ސުސާން ކެޕްޝަންގައި ލިޔެފައިވެއެވެ.  

އެ ޕޯސްޓަށް ރައްދު ދެމުން ސަބާ ވަނީ "ޝުކުރިއްޔާ މައި ސުޒީ ވަރަށް ވަރަށް އުފާވި ސުޒީ ރޭގަ އެތާނގަ ހުރީމަ" ލިޔެ، އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައިވެއެވެ. 

އިންޑިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިތިކް ރޯޝަން އާއި ސަބާ އެންމެ ފުރަތަމަ ބައްދަލުވީ ރަހުމަތްތެރިޔަކު މެދުވެރިކޮށެވެ. ދެމީހުން ވެސް ދާދިފަހުން ބައްދަލުވެފައިވަނީ ރޭގަނޑުގެ ކެއުމަކަށެވެ.

ސަބާ ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި "ރޮކެޓް ބޯއީސް" ހިމެނޭ އިރު އޭނާ ވަނީ ނެޓްފްލިކްސް އިން ރިލީޒް ކުރި "ފީލްސް ލައިކް އިޝްޤް" ގައި ވެސް މަސައްކަތް ކޮށްފައެވެ.

 އޭނާ ބޮލީވުޑަށް ތައާރަފުވެގެން ދިޔައީ 2008 ވަނަ އަހަރު ނިކުތް "ދިލް ކަބައްޑީ" އިންނެވެ. ރިތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ދިޕިކާ ލީޑް ރޯލުން ފެނިގެންދާ "ފައިޓާ" އިންނެވެ. އަދި މިއީ މި ޖޯޑު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް