ads
ހޯރަފުށީ އެއާޕޯޓް ގޮޑުދޮއް ހިމާޔަތް ކުރުމުގެ ބޮޑުބައި ނިމެނީ؛ ފޮޓޯ/ އެމްޓީސީސީ
ހޯރަފުށީ އެއާޕޯޓް ގޮޑުދޮއް ހިމާޔަތް ކުރުމުގެ ބޮޑުބައި ނިމެނީ
ހއ. ހޯރަފުށީ އެއަޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހއ. ހޯރަފުށީ އެއަޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އަދި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތުގެ 35 އިންސައްތަ ވެސް ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، ހއ. ހޯރަފުށީގެ އެއަޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީން ދަނީ އަތޮޅުތެރޭގައި ވަރަށް ބޮޑެތި މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ ހަޔާތިގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ކަމަށް ވަނީ މިދިޔަ އަހަރު ކަމަށް ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް