ads
ލޯބިވެރިޔާ އާ އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރާނެ ހަތަރު ގޮތެއް
ދެ ލޯބިވެރިންގެ މެދުގައި އޮންނަ ގުޅުން ބައެއް ދުވަސްތަކުގައި، ދުރުވެގެންދާ ކަމުގެ އިހުސާސު ކުރެވުމަކީ އާ ކަމެއް ނޫނެވެ. އެ ދުވަސްތަކުގައި، ވަޒީފާގެ މާހައުލުގައި ނުވަތަ ދަރިންގެ ކަންކަމުގައި ނޫން ނަމަ ވިޔަފާރީގައި މާ ބޮޑަށް ތާށިވެފައި ހުރީ ކަމަށް ވެސް ވެދާނެއެވެ. މީގައި މުހިންމު ކަމަކީ އެ ފަދަ ދުވަސްތަކުގައި ތިބާ އަމަލު ކުރާގޮތެވެ. މައްސަލަ އަމިއްލައަށް ނެތި ހިނގައިދާނެ ކަމަށް އުންމީދުކޮށް އެ މައްސަލަ މަތިން ހަނދާން ނައްތާލާނީތޯ؟ ނުވަތަ މައްސަލަ ރަނގަޅު ކުރުމަށްޓަކައި އަދި ދެ މީހުން އަލުން އެކުގައި އުޅުމަށް މަސައްކަތް ކުރާނީ ހެއްޔެވެ؟
Advertisement

މި އާޓިކަލްގައި އަބަދުވެސް ލޯބިވެރިޔާ އާއި އޮންނަ ގުޅުމުގައި ގާތްކަމުގެ އިހުސާސް ކުރުމަށްޓަކައި ކުރާނެ އާދައިގެ ހަތަރު ކަމެއް ހިމަނާލާނަމެވެ. 

އަބަދުވެސް ޝުކުރު އަދާކުރުން 

ބައިވެރިޔާ އަށް އަބަދު ވެސް ޝުކުރު އަދާ ކުރަން ފެށުމަކީ ގާތްކަމަށް މަގުފަހިވެ ދުވަސްވާ ވަރަކަށް ރިލޭޝަންޝިޕްގައި ގުޅުން އިތުރުކުރާ ކަމެކެވެ. ލޯބިވެރިޔާ އަށް ތައުރީފުކޮށް ޝުކުރު އަދާ ކުރުމަކީ މާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކު ކޮށްލެވޭ ކުދިކުދި ކަންތައްތަކުގެ ތެރެއިން ކަމެކެވެ. 

އެއްވެސް ސަބަބަކާ ނުލައި ހަގް އެއް ދޭށެވެ.

އެއްވެސް ސަބަބަކާ ނުލައި އަދި ހާއްސަ ގޮތެއްގައި ސަޕްރައިޒެއްގެ ގޮތުގައި ބައްދާލާށެވެ. ބައްދާލުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހިތް ދަމައިގަންނަ ކަމަކެވެ. އެއްވެސް ކަމަކާއި ނުލައި ބައްދާލުމުން ދޭހަކޮށްދެނީ ތިބާ އަކީ ވަރަށް އަޅާލާ، ވިސްނުންތެރި މީހެއްކަމެވެ. އަދި އެއީ ލޯބި ފާޅުކުރުމަށް ވެސް ވަރަށް ރަނގަޅު ގޮތެކެވެ. 

ދެމީހުން އެއްކޮށް ހީ ސަމާސާކޮށް އުޅުން. 

އަހަރުތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުނު ކަމުގައިވިޔަސް، ހީ ސަމާސާ ކުރުން ފަދަ ކުދިކުދި ކަންތައްތަކަކީ ދިރިއުޅުން ބާއްޖަވެރިކުރުމަށް އެހީތެރިވެދޭ ކަންކަމެވެ. ކަންތައްތައް ހަލަބޮލިވުމުން ވެސް ހިނިތުންވާން ހަނދާން ކުރާށެވެ. 

ހިނިތުންވުމަކީ ޓެންޝަން ފިލުވައިދީ މޫޑު އަލިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތިބާ އާއި ތިބާގެ ލޯބިވެރިޔާ ހިނިތުންވެލަނީ ކޮން ކަމަކަށްތޯ ވިސްނައި، އެ ވާހަކަތައް ހިއްސާކުރާށެވެ. ހަމަ އެފަދައިން އޭނާގެ ޖޯކުތަކަށް ހޭން ހަނދާން ކުރާށެވެ. އެއީ މަޑުމައިތިރި އަދި ލޮބުވެތި އަމަލެކެވެ.

ލޯބިވެރިޔާގެ ހިޔާލަށް ތާއީދުކުރުން. 

އަބަދުވެސް ލޯބިވެރިޔާގެ ނަޒަރުން ވެސް ކަންކަން ފެނޭތޯ ބަލަން މަސައްކަތް ކުރާށެވެ. މައްސަލަތައް ޖެހި، ދެބަސްވުންތައް ހިނގާ ނަމަ ލޯބިވެރިޔާގެ ނަޒަރުން ކަންތައްތަކާއި މެދު ވިސްނާލާށެވެ. ދެބަސްވުމަކީ ތަބީއީ ކަމަކަށްވާ އިރު، ލޯބިވެރިޔާ ބުނާ އެއްޗެއް ތިބާ އަށް އެނގޭކަން ސާބިތުކޮށް ދިނުމަކީ ލޯބިވެރިޔާއަށް ކުރާ އިހްތިރާމާއި ލޯބި ދައްކުވައިދިނުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. 

ކޮންމެ ދުވަހަކު ވެސް މަދުވެގެން މި ކަހަލަ ލޯބީގެ އަމަލުތައް ކުރަން އާދަކޮށްފި ނަމަ ގުޅުން ބަދަހިވެގެން ދާތަން ފެނިގެން ދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް