ޔޫރޯގައި ދިމާވި ހާދިސާއަށް ފަހު، ކުރިން އޭނާ ކުޅުނު އިޓަލީ ލީގުގެ ގަވައިދުތަކާއި އެކު މިހާރު އިނގިރޭސި ކްލަބު ބްރެންޓްފޯޑަށް ބަދަލުވެފައިވާ އެރިކްސަންވަނީ ހޯމަ ދުވަހު ކުޅުނު މެޗުގައި ބްރެންޓްފޯޑަށް ލަނޑެއް ޖެހުމަށްވެސް މަގު ފަހިކޮށްދީފައެވެ.
މިމެޗުގައި އެރިކްސަންގެ ޓީމު ކުޅުނީ ސައުތްއެންޑް ޔުނައިޓެޑް ކިޔާ ޓީމަކާ ދެކޮޅަށެވެ. ހޯމަ ދުވަހު ކުޅުނު މި މެޗުން އެރިކްސަންގެ ޓީމު މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ.
އެރިކްސަންގެ މި މެޗަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ ބާރަވަނަ ދުވަހު ޔޫރޯގައި ޑެންމާކުގެ ގައުމީ ޓީމަށް ކުޅުނު މެޗުގެ ފަހުން އެރިކްސަން ކުޅުނު ފުރަތަމަ މެޗެވެ.