ads
ހދ. ނޮޅިވަރަން / ހަމްނާ، އަޙްމަދު ޝަހްބާން
އަހްމަދު ޝަހުބާން ހޯދުމަށް ފުލުހުން އިއުލާން ކޮށްފި
ބްލެކްމެއިލް ކޮށް ބިރު ދައްކާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން މީހަކު ހޯދަން ފަށައިފި އެވެ.
Advertisement

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ. 

އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގޭ ކަމަށާއި، އެހެން ކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާ ކަމަށެވެ. 

މި މައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ އުމުރުން 27 އަހަރުގެ ހދ. ނޮޅިވަރަން ހަމްނާ، އަހުމަދު ޝަހުބާން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އޭނާ ހޯދަމުން ދަނީ ބްލެކްމެއިލް ކޮށް ބިރު ދައްކާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ. 

އެހެން ކަމުން މިމަހުގެ 27 ވަނަ ދުވަހުގެ 12:00 އަށް މާލޭގައި ހުންނަ ޝަހީދު ހުސެއިން އާދަމް ބިލްޑިންގް އަށް ހާޒިރުވުމަށް ފުލުހުން ވަނީ ޝަހުބާން އަށް އަންގާފައެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް