މަގުތަކުގެ ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
އަދި ޕޭވަމަންޓް މަސައްކަތުގެ މަސައްކަތް ކަމަށް އެމްޓިސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 17790 މީޓަރުގެ ދިގުމިނުގެ ނުވަ މަގެއްގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައި ކަމަށް އެކުންފުނިން ބުނެއެވެ.
އަދި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމު ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 37.8 މިލިއަން ރުފިޔާއެވެ.