ads
ހދ. ކުމުންދޫ: ފޮޓޯ ކުމުންދޫ ކައުންސިލް
މެންބަރު ރާއީއަށް މަރުގެ އިންޒާރު ދިން މައްސަަލަ ކުށްވެރި ކޮށްފި
މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ އަށް މަރުގެ އިންޒާރު ދިން މައްސަަލަ ކުށްވެރިކޮށް ކުމުންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ބިރުދެއްކުމާއި، ނިރުބަވެރި އަމަލަށް ހިތްވަރު ދިނުމާއި، އެފަދަ އަމަލުތަކަކީ އިންސާނީ ކަރާމާތަށް ގެއްލުން ލިބިނެވި އަމަލުތަކަށް ވީހިދު އެފަދަ އަމަލުތަކަކީ އެ ކައުންސިލުން އެއްވެސް ހާލަތެއްގައި ބަލައި ގަނެވޭނެ އަމަލު ތަކެއް ނޫން ކަމަށެވެ.

އަދި މަކުނުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ރާއީ އަކީ ދާއިރާގެ ކުރިއެރުމަށާއި އެރަށުގެ ކުރިއެރުމަށް ވަކާލާތު ކުރަމުންދާ ރައްޔިތުން އައްޔަން ކުރައްވާފައިވާ މެމްބަރެއްކަން އެ ބަޔާނުގައި ފާހަގަ ކުރައްވާ ފައިވެއެވެ. 

ކުމުންދޫ ކައުންސިލް ރައީސް "ސީއެންއެމް" އަށް ވިދާޅުވީ އާދީއްތަ ދުވަހުގެރޭ މާލޭ ރަސްފަންނު ސަރަހައްދުގައި ގުރޫފަކުން ރާއީއަށް ބިރުދައްކާ މަރުގެ އިންޒާރު ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއަދު ނެރެފައިވާ ނޫސް ބަޔާނަކީ އެކަމާ ގުޅިގެން ކައުންސިލުން އެކަން ކުށްވެރިކޮށް ނެރެފައިވާ ނޫސްބަޔާނެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށް ވެރި ކުރާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ހައްގަށް ވަކާލާތު ކުރުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ރާއީއަށް އިންޒާރު ދިން ފަރާތްތަކުގެ މައްސަލަ ބައްލަވައި ދެއްވާ އެ އަމަލު ހިންގި ފަރާތް ތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދި ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް