ads
ނިމާލް: ތިނަދޫ ސިޓީ އަކަށްވާ ވާހަކަ ގެނެސްދިނީ ތަފާތު ގޮތަކަށް
ތިނަދޫ ސިޓީއަކަށް ހަދާ ވާހަކަ ތަފާތު ގޮތަކަށް!
ޓިކްޓޮކް އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު، ސޯޝަލްމީޑިއާގައި، އެތައް ބައެއް އޭގެ ޒަރިއާއިން މަޖާ ކޮށް މުނިފޫހިފިލުވާ އެއްޗަކަށް ވަނީ ވެފައެވެ. އޭގެ ތެރެއިން "ތެނަދުއާ ސިޓީއަކަންވެގެ" މަންނާގެ މަޖާ މި ވީޑިއޯ އިން ވެސް ވަނީ އެތައް ބަޔަކު ހެއްވާލާފައެވެ.
Advertisement

ގދ.ތިނަދޫ ސިޓީއަކަށް ހެދުމަކީ ތިނަދޫ ކައުންސިލުން ސީރިއަސްކޮށް ވިސްނަމުން އަންނަކަމަކަށް ވިޔަސް ތިނަދޫއަށް ނިސްބަތްވާ ނިމާލް(މަންނަ) މިވާހަކަ ކުރުކޮށް ގެނެސްދީފައިވަނީ، މަޖާ ގޮތަކަށެވެ. ޓިކްޓޮކްގެ ޒަރިއާއިން އާންމު ވެފައިވާ މި ވީޑިއޯ ގައި ފެންނަމުން ދަނީ މިވަގުތު ތިނަދޫ ކައުންސިލުން އެންމެ އަޑު ހަރުކޮށް ދައްކަމުންދާ ވާހަކައެވެ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭން އުޅޭކަމުގެ ވާހަކައެވެ. 

މިކަމާ ގުޅޭގޮތުން "ސީއެންއެމް' އަށް މައުލޫމާތު ދެމުން ތިނަދޫ ކޮމޭޑިއަން ނިމާލް (މަންނަ) ބުނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް އެދި ތިނަދޫ ރައްޔިތުން ތިބީ އެކަމަށް ބޭނުންވެފައި ކަމަށާއި، މިވަގުތު ކައުންސިލުން ވެސް އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދާކަމަށެވެ. 

އަދި ތިނަދޫ ރައްޔިތެއްގެ ހައިސިއްޔަތުން އަމިއްލަ އަށްވެސް ރަށަށް ސިޓީއެއްގެ ދަރަޖަ ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. 

"އެކަމަކު ވީޑިއޯ އެއީ ހަމަ މަޖާކޮއްލަން ކުރި ކަމެއް. އަސްލުވެސް ވީޑިއޯއިން ފެންނަނީ މިވަގުތު ތިނަދޫ ރައްޔިތުންގެ ހާލަތު. ރައްޔިތެއްގެ ހައިސިއްޔަތުން ހަގީގަތުގައިވެސް އަހަރެންވެސް ވަރަށް ބޭނުން ރަށަށް ސިޓީއެއްގެ ދަރަޖަ ލިބެން" މަންނަ ބުންޏެވެ.

ގދ. ތިނަދޫ މަންނަ އަކީ ކޮމެޑީ މިފަދަ ވީޑިއޯތައް މީގެ ކުރިންވެސް ކުޅެފައިވާ ގިނަބަޔަކު ދަންނަ ކޮމެޑީ ވީޑިއޯތަކަށް މަޝްހޫރު ފަރާތެކެވެ. މަންނަގެ މި ވިޑިއޯގައި ހުވަދޫ ބަހުން ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ކަމަށެވެ. ބުނުމާއެކު ކެތްމަދުވެފައިވާ ރަށުގެ ރަށްޔިތުންގެ ގޮތުގައި ދައްކުވައިދޭ މީހުން އަތްނަގާ އޯ، އޯ، އޯ، އޭ، ކިޔާ އުފަލުން ހީ، ގޮވާތަން ފެނިގެން ދެއެވެ. ރައްޔިތުން އެހެން އުފަލުން ތިއްބާ އަދި މަޑުކޮށް ލާށޭ ބުނެ އެއީ ފަހުން ވާނެ ކަމެއް ކަމަށްވެސް މަންނަ ބުނެއެވެ.

ސިޓީ އަކަށް ވަނީ ފަހުން ކަމަށް ބުނުމާއެކު، ރައްޔިތުން ވަރަށް ދެރަވެފައި ދާންފެށުމުން މަންނަ މޫނަށް މާޔޫސްކަން ގެނެއެވެ. ރައްޔިތުންވެސް މިކަމަށް ހާދަ ބޭނުންވެފައި ތިބިހެން ހީވެޔޭ މަންނަ ބުނާ ކަހަލައެވެ.

ތިނަދޫ ކައުންސިލުން އެރަށް ސިޓީއަކަށް ބަދަލު ކުރުމަށް އެލްޖީއޭއަށް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުމާ ގުޅިގެން އެލްޖީއޭގެ ބޯޑުން ވަނީ 24 ޖެނުއަރީގައި މަޝްވަރާ ވެސް ކޮށްފައެވެ. އަދި އެބައްދަލުވުމުން ނިންމާފައިވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ މަޝްވަރާ ކުރުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް