ads
މަޑިވަރު އެއާޕޯޓް
ހަ ރަށުގެ އެއާޕޯޓަށް ބިޑް ކުރެވޭ އަގު ކުޑަކޮށް، އަލުން އިއުލާން ކޮށްފި
ތިން މިލިއަން ޑޮލަރަށް އަގު ކުޑަކޮށް، ރާއްޖޭގެ ހަ ސަރަހައްދެއްފައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.

މީގެ ކުރިން ސަރުކާރުން އެއާޕޯޓް އެޅުމަށް ނިންމި ހަ އެއާޕޯޓް ތަރައްގީކުރަން ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ އެއާޕޯޓަކަށް ފަސް މިލިއަން ޑޮލަރު ކަމަށް އިއުލާން ކުރިއެވެ. އެހެން ނަމަވެސް އަގު ބޮޑުވުމުގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ވަނީ ނުލިބިފައެވެ. 

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާންގައި ވާގޮތުން އެއާޕޯޓްތަކަށް ޝައުގުވެރިކަށް ފާޅުކުރާއިރު މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ ކަމަށެވެ. 

އެހެންނަމަވެސް މިއަދު ކުރި އިއުލާންގައި ވަނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާ އެކު އެ މަޝްރޫއުގެ ބައެއް ފައިނޭންސް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ދީފަ އެވެ.

އެއާޕޯޓް އެޅުމަށް ސަރުކާރުން އިއުލާން ކުރި ރައްތަށް:

• ހދ. މަކުނުދޫ
• ށ. ބިލެއްފަހި
• ބ. ތުޅާދޫ
• ތ. ވިލުފުށި
• ފ. މަގޫދޫ
• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ) ގެ ދަށުން، ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. 

އީމެއިލުން ނަމަ ފޮނުވާނީ، [email protected] އަށެވެ. ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް