މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރަމުންދަނީ ފަތާ ސަރަހައްދެއް ގާއިމް ކުރުމުގެ މަސައްކަތެވެ. އެމަސައްކަތުގެ ޑްރެޖިން މަސައްކަތްތަކުގެ 58 އިންސައްތަ ވަނީ ނިމިފައި ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުންވެސް ހިމެނެއެވެ. އަދި 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއަކީ ޖުމްލަ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް ދިވެހި ރައްޔިތުންގެ ކުންފުނި އެމްޓީސީސީން ބުނެއެވެ.