ads
މުސްކުޅި މަންމަޔަށް އަނިޔާވެރިވީ އަނބިމީހާގެ ބަހަށް!
މަންމަޔަކު އޭނާގެ މުޅި އުމުރު ހޭދަކުރީ ދަރިންނަށްޓަކެވެ. ނަމަވެސް މިއަދު އެ މަންމަ ބަލިއެދުގައިވި ދުވަހު އަޅާލާނެ ދަރިއަކު ނެތްތާގައި، އެދަރިންގެ ފަރާތުން ލިބެމުންދިޔައީ އަނިޔާއި ވޭނާއި ދިލަހޫނެވެ. މިއީވެސް ރާއްޖެތެރޭ ރަށެއްގައި ހިގައިދިޔަ ހާދިސާ އެކެވެ. އަބިމީހާގެ ބަހަށް ހެއްލި މަންމަޔަކު ބިކަކަޮށް އެ މަންމަޔަށް އަނިޔާ ކުރި ދިވެހި ފިރިހެނެއްގެ ވާހަކައެވެ.

މިއީ މެދު ރާއްޖެތެރޭގައި ހިގާފައިވާ ހަގީގީ ހާދިސާ އެކެވެ. 1980 އިގެ ހިސާބުގައި ހިގައިދިޔަ މިހާދިސާ އަކީ އެރަށުގައި ދިރިއުޅުނު ގިނަމީހުން އެވާހަކައެއް އަދި އަދަށްވެސް ދައްކާ ވާހަކައެކެވެ. 

އެރަށުން މި ހަގިގީ ހާދިސާ "ސީއެންއެމް" އަށް ކިޔައިދިނީ އެމަންޒަރު ލޮލަށްފެނު މިހެކެވެ. މިވާހަކަ އަކީ ކުރިންވެސް އަޑުއަހާ ވާހަކައެއް ނަމަވެސް މިވާހަކައިގެެ އެހާ ބޮޑު ތަފްސީލެއް އޭރަކު ނޭގެއެވެ. އެ ރަށު ބޭބޭއެއް ކަމުގައިވާ އާދަމްބެ އާއި ބައްދަލުވި ދުވަހެއްގައި މިވާހަކަ ތައް އޭނާ ކިޔައިދިނެވެ. 

އަދުނާން ބުނީ އަލީ އެއީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިކަމަށެވެ. އެހެންވެ އަލީ އަށް މަރިޔާ ކަންތައްކުރީ ވަރަށް ލޯބިން ކަމަށެވެ. ބައްޕަ ކުޑައިރުގައި މަރުވެ އެކަނިހާލަށް ވަލަށް ގޮސް ދަރު ހޯދައިގެންނާއި، ފަރަށް ގޮސް ބޮލިހިލައިގެންނާއި ނުވިތާކަށް މީހުންގެ ގޭގެއަށް ކެއްކުމުގެ އިތުރުން ރަމްލާން މަހެއް އަންނަން ކައިރި ވެއްޖެނަމަ މީހުންގެ ގޭގެއަށް ވެލި ކަހަންވެސް މަރިޔާ ދަނީ އަލީ އަށް ރީތި އަންނައުނާއި މޮޅުގޮތް ހޯދައި ދިނުމަށް ކަމަށެވެ.

ނަމަވެސް އެއްދުވަހު މަސައްކަތް ކުރުމުގެ ތެރޭގައި މަރިޔާ އުޅެނިކޮށް ވެއްޓި އެއްފަޅީގެ ވާގި ދިޔައީއެވެ. އޭރު އަލީވެސް މީހަކަ އިދެ ހަދާންވާ ގޮތުން ދެތިން ދަރިންވެސް ލިބިފައިވާ ކަމަށް އާދަންބެ ބުންޏެވެ.

މަރިއާ ބަލިއެދުގައި އޮވެ ދެން އުޅުނު ހާލަކީ ދުވަހަކުވެސް މަޔަކު ދަރިއެއްގެ ފުށުން ބަލަން ބޭނުންވާނެ އަދި ދަރިއެއްގެ ފުށުން އެހެންމީހުންނަށް ފެންނަން މަޔަކު ބޭނުންވާނެ މަންޒަރުވެސް ނޫން ކަމަށް އާދަންބެ ބުންޏެވެ. މިއަދު މަރިޔާ ދުނިޔޭގައި ނެތެވެ. 

އާދަންބެ ބުނީ އާދަންބެ އަކީ މަރިޔާމެންގެ އަވައްޓެރިއެއް ކަމަށާއި އަދި ގާތްތިމާގެވެސް މީހެއް ކަމަށެވެ. އެކި ބޭނުން ތަކުގަޔާއި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އޭރު އެގެއަށް ގޮސް ހަދާ ކަމަށެވެ. ނަމަވެސް އަލީ އޭނަގެ މަންމަ އާއި ދޭތެރޭ ކަންތައް ކުރި ގޮތް އަމިއްލަ ލޮލަށް ފެނި މަރިޔާ މަރުވުމުން އޭނައަށް ކާއެއްޗެހި ގެންދަންށާއި، އެހެނިހެން އެހީތެރި ކަމުގައި އެގެއަށް ދިޔުންވެސް   ހުއްޓާލީ ކަމަށް އާދަންބެ ބުންޏެވެ. 

މާރިޔާ އަކީ ވާގި ނެތިފައިވާ މީހަކަށްވާތީ އޭނައަށް އަމިއްލައަށް ގިފިއްޔަށް ވަދެ ގައިންތާހިރު ނުވެވެއެވެ. ފިރިހެން ކުއްޖަކަށް ވާތި ކޮންމެ ގޮތެއްވިޔަސް އަލީ އަށް އެކަމެއް ނުކުރެވޭނެއެވެ. އެކަން ކުރަން ޖެހެނީ އަލީ އަންހެނުން ހަބީބާ އަށެވެ. ނަމަވެސް އެއީ ހަބީބާ އެހާ ގަޔާވާ ކަމަކަށް ނުވާކަމަށް ވެއެވެ. މައްސަލަ ގޯސްވާން ފެށީ އެހާ ހިސާބުން ކަމަށާއި، ހަބީބާ ނުރުހޭ ގޮތަކަށް ފިޔަވަޅެއް އަޅަންވެސް އަލީ ބޭނުން ނުވާ ކަަމަށް އާދަންބެ ބުނެއެވެ.
"އެއްދުވަހަކު އެގެއަށް ދިޔައިރު ފެންނަނީ އަލީ އެނާގެ މަަންމަ އަށް ކާންދިން މަންޒަރު. ސުބުހާނައްލާހި އެއީ އިންސާނެއްގެ ހިތަށް ކުޅަދާނަ މަންޒަރެއްނޫން. ކާން އުދަގޫވެގެން މަރިޔާއްތަ އުޅުނީމަ އަލީ އެބައްތަށިން މަރިޔާއްތަ ގައިގައި ޖެހީ. އަދި މޫނުގައި ބަތް ހޭކި. ބުނި ކަލޭއާއި ހެދި އަހަރެންގެ ދިރިއުޅުމޭ ހަލަކު މިވަނީ. އަވަހަށް މީތި ގަޑު މަރުވެއްޖެ ނަމަ ކިހާ ރަނގަޅު ހެއްޔޭ." މާރިޔާގެ ދިރިއުޅުން ހޭދަވެގެން ދިޔަ ގޮތް ކިޔާދެމުން އާދަންބެ ބުންޏެވެ.

މާރިޔާއަށް ކާންދޭން އެދުވަހުގެ އެ ހާދިސާއަށްފަހު ހިތްހަމަ ނުޖެހުންތަކާއި ދެބަސްވުންތަކެއްވެސް އާދަންބެއާއި އަލީގެ މެދުގައި ދިޔައެވެ. އަދި “ތިހާ ހެޔޮ އެދޭނަމަ އަމިއްލައަށް ކާންދޭން ވީ ނޫންހޭ” އާދަންބެ އާއި ދިމާލަށް އަލީ ބުނިކަމަށް ވެއެވެ.

މާރިޔާ މަރުވުމާއި ހަމަޔަށް މަސްވެރިކަމަށް ނުދާ ދުވަހެއް ވެއްޖިއްޔާ ކޮންމެ ދުވަހަކުވެސް ކާންދޭން އެގެއަށް ދާކަމަށް އާދަންބެ ބުންޏެވެ. އެކަމާއިވެސް އަލީ ހިތްހަމަ ނުޖެހިފައި ހުންނަކަން އެގޭ ކަމަށް އާދަންބެ ބުންޏެވެ.

އަދި އެއީ ފެނުނު އެންމެ މަންޒަރެއް ކަމަށްބުނެ އާދަންބެ ބުނީ ފާހަނައަށް މަރިޔާއްތަ ގެންދަނީ އަލީ ކަމަށާއި، އެ ބަލި މަންމަ ބިމުގައި ދަމާ ކޫއްތަމުން ބައެއް ދުވަސްދުވަހު ގެންދާ މަންޒަރު ވެސް ފެންނަ ކަމަށެވެ. ފެންދޭން ގެންގުޅޭ ލޯވަށި ވެސް ހުންނަނީ ފެހި ޖަހާފައި ކަމަށްވެސް އާދަންބެ ބުންޏެވެ.

މަރިޔާއްތަ އެ ހުރިހާ ވޭނަކަށް ކެތްކުރި ކަމަށާއި، ޝަކުވާގެ ގޮތުން އެންމެ ލަފަޒެއްވެސް ދުވަހަކުވެސް ނުބުނާ ކަމަށާއި އެހެން ނަމަވެސް އެ މައިމީހާގެ ލޮލުން ކަރުނަ ނުހިކޭ ކަމަށް އާދަންބެ ބުންޏެވެ.

އެ މައިމީހާ ދަރީގެ އަނިޔާއަށް ކެތްނުވެ އެންމެ ފަހު ނޭވާ މިދުނިޔެއަށް ދޫކުރި ނަމަވެސް އެދުވަހާއި ހަމަޔަށް އެ ހިތުގެ ވޭނީ އިހުސާސްތައް އެއްވެސް މީހަކަށް ބަޔާންވެސް ނުކުރެވޭނެ ކަމަށް އާދަންބެ ބުންޏެވެ. 

މިވާހަކަ މި އާޓިކަލުގައި ހިމަނާލަަން ގަސްތުކުރީ މިއީ ރާއްޖޭގައި މިހާރުވެސް ހިނގަމުން އަންނަ ވަރަށް ގޯސް އަމަލެއް ކަމަށް ވީތީއެވެ. 

ތިމާގެ މައިންބަފައިންނަށް ދެރަގޮތެއް ނަހަދާށެވެ. ހާއްސަކޮށް މައިންގެ ހިތުގައި ދަރިންނަށް ދެވިފައިވާ ގަދަަރަކީ ދުވަހަކުވެސް ފަޑުވާނެ އެއްޗެއް ނޫނެވެ. ތިމާ ބޮޑުވެ ތަސައްރަފް ފުދި ކިތަންމެ ބޮޑު މަގާމަކާއި ކިތަންމެ ބޮޑު ގަދަރެއް ލިބުނު ކަމަުގައިވިޔަސް އެ މައިންބަފައިންްނަށް ކަމޭހިތާ އޯގާތެރިވާށެވެ. ބަލި އެދުގައިވި ދުވަހު ތިމާ ކުޑައިރު ލޯބިން ގެންގުޅުނު ފަދައިން އެމައިމީހާ ގެންގުޅޭށެވެ.

އެއީ ތިއިން ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެ ދުވަހެކެވެ. އެދުވަހަކުން ތިމާ ބަލަން ތިބޭނީ ތިމާގެ ދަރިންނެވެ. އެކުދިންނަށް ރަނގަޅު ނަމޫނާއެެއް ދެއްކިގެން ނޫނީ އެދުވަހުން ކުރާނެ ފައިދާއެއް ނޯންނާނެެއެވެ.

20%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
76%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް