ads
ބީޓީއެސްގެ މެމްބަރު ވީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ބީޓީއެސްގެ މެމްބަރު ކިމް ޓޭހަންގް (ވީ) ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ބިގްހިޓް މިއުޒިކް އިން އިއްޔެ އާންމު ކުރި މި ހަބަރުގައި، އާދައިގެ ކެއްސުމެއްގެ ސަބަބުން ވީ އިއްޔެ ހެދުނު ހޮސްޕިޓަލަށް ޒިޔާރަތްކުރިކަމަށް ބުނެފައިވެއެވެ. 

ޕީސީއާރު ޓެސްޓަކަށް ފަހު، ވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައިވަނީ މީގެ އެއްދުވަސް ކުރިންނެވެ. 

އާދައިގެ ރޯގާއަކާއި، ކަރުގައި ރިއްސުން ފިޔަވައި އިތުރު އާދަޔާ ހިލާފު އަލާމާތެއް ނުފެންނަ ނަމަވެސް ވީ ދަނީ ސިއްހީ އިދާރާތަކުގެ ފަރާތުން އިތުރު ގައިޑްލައިންތައް ލިބެންދެން ގޭގައި ފަރުވާ ހޯދަމުންނެވެ. ވީ ވަނީ ކޮވިޑް 19 ގެ ދެ ޑޯޒް ވެކްސިން ވެސް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ބިގްހިޓް މިއުޒިކް އިން ހިއްސާކުރި ގޮތުގައި ފެބްރުއަރީ 12 ވަނަ ދުވަހު އެ ގްރޫޕްގެ އެހެން މެމްބަރުންނާ ވީ އާއި ކޮންޓެކްޓްވި ނަމަވެސް އެންމެން ވެސް ތިބީ މާސްކު އަޅައިގެން ކަމަށާއި އެއްވެސް ވަރަކަށް ކްލޯސް ކޮންޓެކްޓެއް ވެސް ނެތް ކަމަށްވެއެވެ. އެހެން އެއްވެސް މެންބަރެއްގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ވީ ފިޔަވާ ހުރިހާ މެމްބަރުންނަށް ވެސް ވަނީ ޕްރީއެމްޓިވް ޓެސްޓުތަކެއް ހެދުމަށްފަހު ނެގެޓިވް ނަތީޖާ ލިބިފައެވެ.  

އެ ކުންފުނީގެ އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މެމްބަރު ވީގެ ސިއްހަތަށް ބަލާނެކަމަށާއި، އޭނާ އަށް އަވަސް ޝިފާއެއް ލިބުމަށްޓަކައި އެހީވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގައި ބިގްހިޓް މިއުޒިކް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ އެދުންތަކަށާއި، ގައިޑްލައިންތަކަށް އިހްލާސްތެރިކަމާއެކު އެއްބާރުލުން ދޭނަން ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް