ads
މިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ފޯމް ހުށަހަޅުއްވައިފި
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު އަދި އެޕާޓީގެ ގަމު ދާއިރާގެ ރައީސް ފައްޔާޒް އިސްމާއިލް ފޯމު ހުށަހަޅުއްވައިފިއެވެ.
Advertisement

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ހެޔޮވެރިކަން ދަމަހައްޓަން ކަމަށެވެ.

އަދި އެމަގާމަށް ކުރިމަތި ލައްވާކަން ފައްޔާޒު މީގެ ކުރިން ވަނީ ހާމަކުރައްވާފަ އެވެ. އެމްޑީޕީގެ ޗެއަޕާސަންގެ އިންތިހާބު އޮތީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

ފައްޔާޒު ވިދާޅުވީ، އެމަގާމަށް ކުރިމަތިލެއްވި މައިގަނޑު ސަބަބަކީ އެމްޑީޕީގެ ހެޔޮވެރިކަން ދިފާއުކުރުން ކަމަށެވެ. އަދި އަމާޒަކީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. 

އޭނާ ވަނީ އެކަމުގައި އެމްޑީޕީ މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގެ ސަބަބުން އެމްޑީޕީ އިތުރަށް ހަރުދާނާވެގެން ދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

"އެމްޑީޕީގެ ޗެއަޕާސަން މަގާމަށް ކުރިމަތިލުމަށް ނިންމައިފިން. އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުން. ލޮބުވެތި މެމްބަރުންގެ ތާއީދަށް އެދެން. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާއިމެދު ޝައްކެތް ނެތް" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މި އިންތިހާބަކީ ވާދަވެރި ވެގެން ދާނެ އިންތިހާބެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އިމްތިޔާޒު ފަހުމީ (އިންތި) އަކީ ރައީސް ނަޝީދުގެ އެދިލެއްވުމަކަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ބޭފުޅެއް ކަމަށާއި، ފައްޔާޒް އަކީ ރައީސް ސޯލިހުގެ އެދިލެއްވުމަށް ވާދަ ކުރައްވާ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ އިއްޔެ ވަގުތެއްގައި ޗެއާޕާސަން ކަމުގެ ފޯމު ވެސް ހުށަހަޅުއްވާފައެވެ.  

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މަގާމަށް ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް މިހާރު އެމަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށްވެސް ވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް