ads
މާލޭގައި ހަދާފައިވާ ޕާކިން ޒޯނެއް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
211 ޕާކިން ސްލޮޓަށް 2429 މީހުން ކުރިމަތިލައިފި
މާލޭ ސިޓީ ކައުންސިލުން މިއަދު ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 2429 މީހުން ޕާކް ކުރާނެ ޖާގަ ބޭނުން ވެގެން ހުށަހަޅައިފިއެވެ.

މިއަދު އޮންލައިކޮށް ހުޅުވާލީ ހަތަރުފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން ހެދި 211 ޕާކިން ސްލޮޓަށް ކުރިމަތިލުމަށެވެ. މިކަމަށް އިއްޔެ ވެސް ހުޅުވާލި އެވެ. އެހެންނަމަވެސް އޮންލައިންކޮށް ހުޅުވާލި ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެ ވަނީ އެކަން މެދުކަނޑާލާފަ އެވެ. އަދި މިއަދު މެންދުރުފަހު 2:00ން 6:00 އަށް އެޕޯޓަލް އަނެއްކާ ވެސް ސިޓީ ކައުންސިލުން ހުޅުވާލިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު ފޯމްތަކުގެ ސައްހަކަން ބަލަމުން ގެންދާ ކަމަށެވެ. އަދި ލިބިފައިވާ 2429 މީހުންގެ ފޯމްތަކުގައި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް އެކައުންސިލުން ބުނެއެވެ. 

އިއްޔެ ޕާކިން ސްލޮޓްތަކަށް ކުރިމަތި ލުމަށް ހުޅުވާލުމާއެކު ކުޑަ ވަގުތު ކޮޅެއްގެތެރޭގައި ލިންކު ބަންދުވިއެވެ. 

މިއަދު އިއުލާނު ކުރެވުނު ޕާކިން ސްލޮޓްތައް ހާއްސަ ކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތަކުގެ އިތުރުން 3.5 ޓަނުގެ ޕިކަޕުތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް