ads
ފޭދޫގައި ބީއެމްއެލްގެ އެހީގައި ހަދާފައިވާ މާމަ،ކާފަ ޕާކްގައި ދެމީހަކު މަޑުކޮށްލައިގެން
މާމަ ކާފަ މެންނަށް އެ މީހުންނަކީ ހާއްސަ ބައެއްކަން އަންގައިދޭނީ ކިހިނެއް؟
މާމަ އާއި ކާފައަކީ މުޅި ދުނިޔޭގައިވެސް އަހަރުމެންނަކީ އެންމެ ނަސީބުގަދަ މީހުންކަމުގެ އިހުސާސު ކުރުވައިދޭ މީހުންނެވެ. ހަގީގަތުގައި އަހަރުމެން ބޮޑާ ހާކާ ހެދިނަމަވެސް އެ މީހުން ހިތްހަމަ ނުޖެހި ރުޅިއެއް ނާދެއެވެ. އަދި އަހަރުމެންގެ ފަރާތުން އެ މީހުންނަށް ކޮށްދޭ ކުދިކުދި ކަންތައްތަކަކީ އެ މީހުންގެ ހަޔާތުގައި ވަރަށް ބޮޑު އުފަލެއް އެމީހުްނަށް ލިބިގެންދާ ކަންތައްތަކެކެވެ.
Advertisement

ދުނިޔޭގައި އަހަރުމެންނަށް އެއްވެސް ވަރަކަށް ފޫހި ކަމެއް ނެތި ސަމާލުކަމާއި ލޯބި ދޭނެ ބައެއް ވާނަމަ އެއީ އަހަރުމެންގެ މާމަ އާއި ކާފައެވެ. ކޮންމެ ދުވަހަކު އާ ވާހަކައެއް ކިޔައިދިނުމާއި، އަހަރުމެންގެ އެކި ކަންކަމުގައި މައިންބަފައިންނަށް ވިސްނުވައިދިނުން ނުވަތަ އެއްވެސް މީހަކު އަހަރުމެންގެ ކައިރީގައި ނެތް ވަގުތަކު އަހަރުމެން އެކަނި ކޮށްނުލައި އަބަދުވެސް އަހަރުމެންނަށްޓަކައި ކައިރީގައި ތިބޭ މީހުންނަކީ ވެސް ހަމަ އެއީ އެވެ. 

ދުނިޔޭގައި ވާ ހުރިހާ ލޯތްބެއް އެމީހުން އަހަރެމެންނަށް ދޭއިރު، އެ މީހުންނަށް އިހުސާސް ކުރެވޭ އެކަނިވެރި ކަމާއި އެ މީހުންގެ ބޭނުންތައް އެއްގޮތަކަށްވެސް އެމީހުން އަހަރުމެންނަށް ހިއްސާ ނުކޮށްފާނެއެވެ. 

ޑޮކްޓަރު ބަކްޝީގެ ހެލްތުކެއާގެ ކައުންސެލިން ސައިކޮލޮޖިސްޓް އަދި ހޯލިސްޓިކް ހީލާ، ކަޝިކާ ގުލާޓީގެ ލަފާގެ މަތިން، އަހަރުމެންގެ މާމަ ކާފަ މެންނަށް އެ މީހުންނަކީ ހާއްސަ ބަޔެއްކަން އިހުސާސު ކޮށްދެވޭނެ 6 ގޮތެއް ހިއްސާކޮށްލާނަމެވެ.

އެމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރާށެވެ.

ކޮންމެ މީހަކު ވެސް ލޯބި ބޭނުންވާ ފަދައިން އަހަރުމެންގެ ކާފައިންނާއި މާމައިން ވެސް ލޯބި ބޭނުން ވާނެއެވެ. މުސްކުޅިވުމުން ކާފައާއި މާމަ މެންނަށް ބައެއް ކަހަލަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން އެމީހުން ރުޅިގަދަ ވެދާނެއެވެ. އަދި އެމީހުންނަށް އެކަނިވެރިކަން އިހުސާސްވެސް ވެދާނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އެމީހުންނާ އެކު ވަގުތުކޮޅެއް ހޭދަކުރުމަށް ފަސްނުޖެހޭށެވެ. 

ބޭރަށް އެ މީހުން ގޮވައިގެން ކާން ދާށެވެ. ނުވަތަ އެ މީހުންނަށް ކައްކާ ދޭށެވެ. 

މީހަކަށް ހާއްސަ އެއްޗެއް ތައްޔާރުކުރުމަކީ އެމީހަކު ދެކެ ލޯބިވާކަން ދެއްކުމަށާއި އަދި ވަރަށް ގާތްކަމުގެ އިޝާރާތަކަށް ވެސް ވަރަށް ރަނގަޅު ކަމެކެވެ. އަހަރުމެންގެ މާމަ ކާފަ މެން މި ހުރިހާ އަހަރުތަކެއް ވެގެން ދިޔަ އިރު އެތައް ދުވަހަކު އަހަރުމެންނަށް ކައްކައި ކާންދީފައިވާނެއެވެ. މިހާރު މިއީ އަހަރުމެން އެމީހުންނަށް ކަމެއް ކޮށްދޭންވީ ވަގުތެވެ. އެމީހުން ގޮވައިގެން ތަނަކަށް ކާން ދެވިދާނެއެވެ. އެއަށްވުރެ ވެސް ރަނގަޅު ގޮތަކީ އަމިއްލަ އަށް އެއްޗެއް ތައްޔާރުކޮށްފައި ދެވޭތޯ މަސައްކަތް ކުރުމެވެ. 

އެމީހުންނަށް އެއްޗެއް ގަނެދޭށެވެ. 

ކޮންމެ މީހަކުވެސް ސަޕްރައިޒްތަކާއި ހަދިޔާތައް ހޯދަން ލޯބިކުރަނީ އޭގައިވާ މާއްދީ ފައިދާއަކަށް ނޫނެވެ. އޭގެން މީހެއްގެ މަސައްކަތް ދައްކުވައިދޭތީއެވެ. މާމަ ކާފަ މެންނަށް ވެސް ސަޕްރައިޒްތައް ދީ، ތަފާތު ގޮތްގޮތުން ލޯބިވާ ކަން އަންގައިދޭށެވެ. އަދި އެމީހުން އަގު ވަޒަންކުރާނެ ކަހަލަ އެއްޗެއް ގަނެފައި ދޭށެވެ. 

އާއިލީ ރޭވުންތައް ރާވާށެވެ. 

ދުވަސްވާ ވަރަކަށް، އުމުރުން ދުވަސްވީ މީހުންގެ ކުރިން އުޅުނު ގޮތުގެ ގިނަ ހަނދާންތައް ފިލައިގެން ދިޔުމަށް މެދުވެރިވެއެވެ. މުޅި އާއިލާ އެކުގައި ވަގުތު ހޭދަކޮށް، އާ ހަނދާންތައް ކުރުމަކީ އެންމެން ވެސް ގުޅިފައިވާ ކަމުގެ އިހުސާސް ކުރުމަށް އެހީވެދޭ ވަރަށް ރަނގަޅު ގޮތެކެވެ.

އެމީހުންނަށް އިހުތިރާމު ކޮށް އެމީހުން ދައްކާ ވާހަކަ އަޑު އަހާށެވެ.

އެމީހުންގެ ވާހަކަތަކާއި، ކަންބޮޑުވުންތައް އަޑުއަހައި، ހެދުމަކީ އެމީހުން ދެކެ ލޯބިވާ ކަން އެމީހުންނަށް އިހުސާސްކޮށް ދިނުމަށް ވަރަށް ރަނގަޅު މަގަކަށް ވެސް ވެދާނެއެވެ. އެމީހުންނަށް އިޙްތިރާމް ކުރާކަން ކަށަވަރު ކޮށްދިނުމަކީ، އެމީހުންނަކީ ހާއްސަ ބައެއްކަން އަންގައިދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިދާނެ ކަމެކެވެ. 

ޝުކުރު އަދާކުރާށެވެ.

އެމީހެއް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ އެއްވެސް މީހަކު ގަޔާ ނުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން، މާމަ ކާފަމެން ކޮށްދޭ ކުދިކުދި ކަންތައްތަކަށް ވެސް އެމީހުންނަށް ޝުކުރު އަދާކުރާށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް