ads
މިލަދޫގައި ސައިކަލް ރޯކޮށްލާފައި
މިލަދޫގައި ޑްރަގް ޑީލެއް ހުއްޓުވަން އުޅުނު ފުލުހެއްގެ ސައިކަލް ރޯކޮށްލައިފި
ނ. މިލަދޫގައި ހިންގަން އުޅުނު ޑްރަގް ޑީލެއް ހުއްޓުވަން އުޅުނު ފުލުހެއްގެ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ރޯކޮށްލައިފިއެވެ.

ރޯކޮށްލާފައިވަނީ މިލަދޫ ޕޮލިސް ޑެސްކްގައި މަސައްކަތް ކުރައްވާ އެރަށަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ މުހައްމަދު އަރީޝްގެ ސައިކަލެވެ. އަރީޝް އަކީމިލަދޫގައި، ޕޮލިސް ޑެސްކާ ހަވާލުވެގެން ހުންނެވި ފަރާތެވެ. 

އަރީޝް ވިދާޅުވީ ސައިކަލް ރޯކޮށްލާފައިވަނި ރޭ ދަންވަރު 3:37 ގައި ކަމަށެވެ. 

އަރީޝް ވިދާޅުވީ ރޭ ޑިންގީއެއްގައި އެރަށަށް ބަޔަކު ކައިރި ކުރި ކަމަށާއި، އެއީ ޑްރަގް ޑީލެއް ހިންގަން އުޅެނީ ކަމަށް އެނގި އެތަނަށް ފުލުހުން ދިޔަކަމަށެވެ. އަދި އެކަމުގައި އުޅުނު މީހުން ފަހައިގަތުމުން ގޮސް ވަލަށް ވަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އޭގެފަހުން އިންޒާރު ތަކެއް ދިންކަމަށާއި، ސައިކަލް ރޯކޮށްލި ހާދިސާ ހިންގާފައިވަނީ އޭގެ ފަހުން ކަމަށެވެ. އަދި ސައިކަލް ރޯކޮށްލި މީހާ ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިލަދޫ ކައުންސިލް މެންބަރު އައިޝަތު ނީމް މޫސާ ވިދާޅުވީ 800 އެއްހާ މީހުން ދިރިއުޅެމުން އަންނަ އެރަށުގައި މަސްތުވާ ތަކެތީގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް