ads
މިލަދޫގައި ސައިކަލް ރޯކޮށްލާފައި
ޑްރަގް ވިޔަފާރި ހުއްޓުވަން ފަހަތަށް ޖެހުމެއް ނެތް: ސީޕީ ހަމީދު
ކިތަންމެ އުނދަގޫތަކެއް ކުރިމަތި ކުރި ނަމަވެސް މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރޭ ނ. މިލަދޫގައި ހިނގި، ފުލުހެއްގެ ސައިކަލް ރޯކޮށްލި މައްސަލައާ ގުޅިގެން ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށުފެންވަރާއި ގައުމީ ފެންވަރުގައިވެސް ޑްރަގް ވިޔަފާރި ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. 

ސީޕީގެ ޓުވީޓުގައިވަނީ ރޭ އަނިޔާތައް ކުރިމަތިވި، މިލަދޫ ޑެސްކް އިންޗާޖް ސާޖެންޓް މުހައްމަދު އަރީޝްގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. 

ސީއެންއެމްއަށް އަރީޝް ވިދާޅުވީ ރޭ ޑިންގީއެއްގައި އެރަށަށް ބަޔަކު ކައިރި ކުރި ކަމަށާއި، އެއީ ޑްރަގް ޑީލެއް ހިންގަން އުޅެނީ ކަމަށް އެނގި އެތަނަށް ފުލުހުން ދިޔަކަމަށެވެ. އަދި އެކަމުގައި އުޅުނު މީހުން ފަހައިގަތުމުން ގޮސް ވަލަށް ވަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އޭގެފަހުން އިންޒާރު ތަކެއް ދިންކަމަށާއި، ސައިކަލް ރޯކޮށްލި ހާދިސާ ހިންގާފައިވަނީ އޭގެ ފަހުން ކަމަށެވެ. އަދި ސައިކަލް ރޯކޮށްލި މީހާ ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ސީޕީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިލަދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަރީޝް ކުރެއްވި މަސައްކަތަށް ފަހުރުވެރިވާ ކަމަށެވެ.

ސައިކަލްގައި ރޯކޮށްލި މައްސަލަ ތަހުގީގުކުރަން އިސް އިންވެސްޓިގޭޓަރަކު އެ ރަށަށް ފޮނުވަން ވަނީ މިހާރު ވަނީ ނިންމާފައެވެ. އަދި އެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް