ads
މިލަދޫގައި ސައިކަލް ރޯކޮށްލާފައި
މިލަދޫގައި ފުލުސްމީހާގެ ސައިކަލް ރޯކޮށްލި މައްސަލައިގައި 3 މީހަކު ހައްޔަރު ކޮށްފި
ނ. މިލަދޫ ފުލުހެއްގެ ސައިކަލް ރޭ ރޯކޮށްލި މައްސަލައިގައި 3 މީހަކު މިރޭ ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން  31 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

ރޭ، ރޯކޮށްލާފައިވަނީ  މިލަދޫ ޕޮލިސް ޑެސްކް އިންޗާޖް ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލެވެ. 

ސީއެންއެމްއަށް އަރީޝް ވިދާޅުވީ ރޭ ޑިންގީއެއްގައި އެރަށަށް ބަޔަކު ކައިރި ކުރި ކަމަށާއި، އެއީ ޑްރަގް ޑީލެއް ހިންގަން އުޅެނީ ކަމަށް އެނގި އެތަނަށް ފުލުހުން ދިޔަކަމަށެވެ. އަދި އެކަމުގައި އުޅުނު މީހުން ފަހައިގަތުމުން ގޮސް ވަލަށް ވަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެފަހުން އިންޒާރު ތަކެއް ދިންކަމަށާއި، ސައިކަލް ރޯކޮށްލި ހާދިސާ ހިންގާފައިވަނީ އޭގެ ފަހުން ކަމަށެވެ. އަދި ސައިކަލް ރޯކޮށްލި މީހާ ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައިކަލް ރޯކޮށްލި މައްސަލައާ ގުޅިގެން ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށުފެންވަރާއި ގައުމީ ފެންވަރުގައިވެސް ޑްރަގް ވިޔަފާރި ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. 

ސީޕީގެ ޓުވީޓުގައިވަނީ ރޭ އަނިޔާތައް ކުރިމަތިވި، މިލަދޫ ޑެސްކް އިންޗާޖް ސާޖެންޓް މުހައްމަދު އަރީޝްގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. ސީޕީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިލަދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަރީޝް ކުރެއްވި މަސައްކަތަށް ފަހުރުވެރިވާ ކަމަށެވެ.

ސައިކަލްގައި ރޯކޮށްލި މައްސަލަ ތަހުގީގުކުރަން އިސް އިންވެސްޓިގޭޓަރަކު އެ ރަށަށް ފޮނުވަން ވަނީ މިހާރު ވަނީ ނިންމާފައެވެ. އަދި އެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް