ads
ފޮނަދޫގައި އިމާރާތްކޮށްފައިވާ ގެތަކެއް
ކުއްޔަށް ދީފައިވާގޯތި ގެދޮރު، 2 މަސްތެރޭ ކުއްޔަށް ދިނުމުގެ ހުއްދަ ހޯދަންޖެހޭ: ގަވާއިދު
މިހާރު ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫ ކޮށްފައި ހުރި ގޯތިގެދޮރު، ކުއްޔަށް ދިނުމުގެ ހުއްދަ ހޯދުމަށް ދެ މަސްދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭ ގޮތަށް "ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދު"ގައި ބުނެފިއެވެ.

މިއަދު އަމްލު ކުރަންފެށި މިގައވައިދުގައިވާ ގޮތުން ހުއްދަ ހޯދުމަށް ދެ މަސްދުވަހުގެ ކުރިން، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ އެ ރަށެއްގެރަށު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

އަދި ހުށަހަޅާ ހުށަހެޅުންތަކާމެދު ކައުންސިލްތަކުން ގޮތެއް ނިންމައި، ރަސްމީ ހަތް ދުވަހުގެ ތެރޭގައި އެކަން އަންގަންވާނެކަމަށްވެސް ގަވާއިދުގައި ވެއެވެ. 

ގަވާއިދުގައި ބުނެފައިވަނީ ސިޓީއެއް ނަމަ ސިޓީ ކައުންސިލުން، ރަށެއްގައި ނަމަ ރަށު ކައުންސިލުން، އެ ކައުންސިލުން ކުއްޔަށް ދިނުމުގެ ހުއްދަދޫކުރާ ފަރާތްތަކުގެ ލިސްޓު ހިމޭނޭ ދަފުތަރެއް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެކަމަށެވެ.

މީގެއިތުރުން ކައުންސިލްތަކުން ބަލަހައްޓާ ދަފުތަރާ އެއްގޮތްވާ ގޮތުގެ މަތީން މުޅި ރާއްޖެ ހިމެނޭ ދަފުތަރެއް މިނިސްޓްރީން އަޕްޑޭޓްކޮށް ބަލަހައްޓަންވާނެކަމަށްވެސް ގަވައިދު ބުނެއެވެ. 

ގަވއިދު ބުނާ ގޮތުން ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރެވޭނީ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނާއި، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އު ސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގެ ހުއްދަ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން، އަދި ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ހޯދައި، ކުއްޔަށްދޭ ތަނެއްގެ ގޮތުގައި އެ ގޯތި ނުވަތަ ގެ ނުވަތަ އިމާރާތް ދަފުތަރުކުރުމަށް ފަހުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް